ބޮލީވުޑްގެ ކާމިޔާބު ބަތަލާ މަދޫރީ ޑިކްޒިޓް ލީޑްރޯލުން ފެނިގެންދާ "ދަ ފޭމް ގޭމް" ނެޓްފްލިކްސްގައި ރިލީޒް ކުރަން ހަމަޖެހިއްޖެއެވެ.

"ފައިންޑިންގ އަނާމިކާ" ގެ ނަން ބަދަލުކޮށް "ދަ ފޭމް ގޭމް" ގެ ނަމުގައި ރިލީޒްކުރާ މިސީރީޒަކީ ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ބަތަލާއަކު ކުއްލިގޮތަކަށް ގެއްލިގެން އޭނާ ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމު ނެޓްފްލިކްސްގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ ފެބްރުއަރީމަހު 25 ވަނަ ދުވަހުއެވެ.

ދަ ފޭމް ގޭމް ސީރީޒުން މަދޫރީ އާއެކު، ސަންޖޭ ކަޕޫރް، މަނަވް ކައުލް، ލަކްޝްވިރް ސަރަން، އަދި މުސްކާން ޖެފްރީ ފަދަ ތަރިން ފެނިގެންދާނެއެވެ. އަދި މިސީރީޒް ވެގެންދާނީ 20 އަހަރަށްފަހު މަދޫރީ އަދި ސަންޖޭ ކަޕޫރް އެކުގައި އެއްސްކްރީނަކުން ފެނިގެންދާނެ ފުރަތަމަ ފަހަރަށެވެ.

މިސީރިޒަކީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރުގެ ދަރްމަޓިކް އެންޓަރޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ ސީރީޒެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން