ހދ. ހިރިމަރަދޫ
ހދ. ހިރިމަރަދޫ
ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހދ. ހިރިމަރަދޫގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 13:30 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނިފައި ވަނީ 71 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުންބުނީ އެމީހާ ފެނިފައި ވަނީ ހިރިމަރަދޫ އަތިރިމަތީ ރާޅުޖަހާ ހިސާބު މޫދުގައި އޮއްވާ ކަމަށެވެ. އޭގެއިތުރުން އެމީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަންނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެމީހާގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން