އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއާ ރިހާނާ، ބަލިވެއިންކަން ފޮޓޯ ޝޫޓަކުން ދައްކާލައިފިއެވެ.

ނިއުޔޯކް ސިޓީގެ ފިނި މަގުތަކުމަތީގައި ކުރިއަށްދިޔަ މި ފޮޓޯ ޝޫޓުގައި ރިހާނާއާއިއެކު އޭނާގެ ލޯބިވެރިއާ އޭސެޕް ރޮކީވެސް ބައިވެރިވެފައިވެއެވެ. އަދި ރިހާނާ ވަނީ އޭނާ ބަލިވެ އިންކަން ހާމަކޮށްދިނުމަށް ބަނޑުވެސް ދައްކާލާފައެވެ.

މަޝްހޫރު މިދެލަވަކިއުންތެރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީންކޮށްދީފައިވަނީ މިދިޔަ އަހަރުއެވެ. މިކަން ޔަގީންކޮށްދީފައިވަނީ އޭސެޕް ރޮކީ ޖީކިއު މެގަޒިނަށް ދިން އިންޓަވިއުއަކުންނެވެ. ނަމަވެސް ރިހާނާ އަދި އޭސެޕް ރޮކީގެ ލޯބީގެ ގުޅުމުގެ ވާހަކަތަކަކީ ގިނަ ދުވަސްތަކަކު ތުންތުން މަތިން އިވެމުން ދިޔަ އަޑުތަކެވެ.

2003 ވަނަ އަހަރުން ފެށިގެން ލަވަކިއުމުގެ ދާއިރާއިން އެތައް ކާމިޔާބީއެއް ހާސިލުކޮށްފައިވާ ރިހާނާ ވަނީ ހިޕްހޮޕް، އާރްއެންބީ، އަދި ރެގޭ ސްޓައިލްގެ ރީތި މަގުބޫލު ލަވަތަކެއް އާންމުންނަށް ދޫކޮށްލާފައެވެ. އޭނާގެ ލަވަތަކަަށް 9 ގްރެމީ އެވަރޑްވެސް ލިބިފައިވެއެވެ.

2007 ވަނަ އަހަރު ރެޕް ލަވަކިއުމުން ފާހަގަ ކޮށްލެވުނު އޭސެޕް ރޮކީވެސް ވަނީ މަގުބޫލު ލަވަތަކެއް ހުށައަޅައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން