ކޯވިޑް-19 އާ ގުޅިގެން ސާކް ސަރަޙައްދުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމާއެކު އުފެއްދި ކޯވިޑް-19 އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމަށް އުފެއްދި ކޯވިޑް-19 އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި އެ ފަންޑަށް ރާއްޖެއިން ދެލައްކަ ޑޮލަރު ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ކޯވިޑް-19 އެމަޖެންސީ ރިލީފް ފަންޑަކީ އިންޑިޔާގެ އިސްނެގުމުގެ މަތިން މިމަހުގެ 15 ވަނަ ދުވަހު ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ޓެލެކޮންފަރެންސްގައި ނިންމި ނިންމުމަކާއި ގުޅިގެން އުފެއްދި ރިލީފް ފަންޑެކެވެ. އިންޑިއާ އިން ވަނީ މި ފަންޑަށް 10 މިލިއަން ޑޮލަރު ޖަމާކުރާނެ ކަމަށާއި، އެހެން ގައުމުތަކުންވެސް އެ ފަންޑަށް ފައިސާ ޖަމާކުރުން އެދޭ ކަމަށް ބުނެފައެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން