ހުޅުމާލޭ ރަށު މާރުކޭޓުން 12 ގޮޅި ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ނިންމާފައިވަނީ 3 މަސްދުވަހުގެ މުއްދަތަށެވެ. ގޮޅިއެއްގެ ކުއްޔަކީ މަހަކު 3500 ރުފިޔާއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރަށުމާރުކޭޓަށް އެދި ހުށަހަޅާ ފޯމު އެޗްޑީސީގެ ވެބްސަޓުން ޑައުންލޯޑުކުރެވޭނެ ކަމަށެވެ. އަދި ގޮޅިތަކަށް އެދޭ ފަރާތްތަކުން މާދަމާ ހެނދުނު 9:00 އާއި 11:00 ދެމެދުގެ ވަގުތެއްގައި އެކަމަށް އެދި ފޯމު ހުށައެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ރަށު މާރުކޭޓުގެ ގޮޅިތައް ދޫކުރާނީ ގުރުއަތުން ހޮވޭ މީހުންނަށް ކަމަށާއި ފޯމުތައް ބަލައިގަންނަން ހާއްސަ ޑެސްކެއް ރެހެންދި ސްކޫލް ހޯލުގައި ބަހައްޓާނެކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
އެޗްޑީސީން ބުނީ ގޮޅިތަކުގެ ގުރުއަތު ނަގާނީ ފޯމު ހުށައަޅާ ދުވަހުގެ މެންދުރު 11:30ގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު