އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މޭރީގެ މަރުގެ މައްސަލާގައި ޙަލީމަތު ލަމްހާގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މި މައްސަލާގައި ހިމެނޭ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ އަޑުއެހުމުގައި ދިފާއީ ވަކީލު އަބްދުﷲ ޝާއިރު މިއަދު ވިދާޅުވީ، ދައުލަތުން ބައެއް ލިޔެކިޔުންތައް އަދިވެސް ހުށަހަޅާފައި ނުވާތީ، އެ ލިޔުންތައް ލިބުމުން ޖަވާބުދާރީވުމަށް ފުރުސަތުދެއްވުން އެދޭކަމަށެވެ. ދިފާޢީ ވަކީލް ވިދާޅުވީ ލިޔެކިޔުންތައް ހުށަނޭޅި ދިގުލައިގެން ދިއުމަކީ ލަމްހާގެ އެތައް ޙައްޤެއް ގެއްލިގެންދާ ކަމެއް ކަމަށާއި އެހެންކަމުން ލިޔުންތައް ހުށަހަޅަން ވަކި ވަގުތެއް ދައުލަތަށް ދެއްވުމަށް އެދޭކަމަށެވެ.
މި މައްސަލައިގައި ދައުލަތަށް ނުލިބިވާ މުހިންމު އެއް ލިޔުމަކީ މޭރީ އާއި މާވިންގެ ދަރިފުޅު މިހާރު ހުރި ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަައް މެދުވެރިކޮށް ހަދާ، މާވިން އާއި މޭރީގެ ދަރިފުޅު އޮލިވިއާ ގްރޭސްގެ ސައިކްލަޖިކަލް އެސެސްމެންޓެކެވެ. ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ ހާދިސާ ހިނގި އިރު އެ ކުއްޖާ ހުރީ ހާދިސާ ހިނގި ގޭތެރޭގައި ކަމަށެވެ. އަދި ކުއްޖާ ހުރީ ކޮޓަރި ތެރޭގައި ތަޅުލާފައި ކަމަށް މާވިން ބުނެފައިވާ ކަމަށް ނައުފަލް ވިދާޅުވި އެވެ.
އެހެންކަމުން މައްސަލަބައްލަވާ ޤާޟީ ހުސައިން ފާއިޒު ރަޝާދު ނިންމަވާފައި ވަނީ ލިޔުންތައް ލިބުމުން މައްސަލައަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށެވެ. އެއަށްފަހު މިއަދުގެ އަޑުއެހުންވަނީ ނިންމަވާލައްވާފައެވެ.
މޭރީގެ މަރުގެ މައްސަލައިގައި 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަލީމަތު ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދަޢުވާ އެވެ.
މީގެ ތެރެއިން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީ އެވެ.
ލަމްހާއަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކުރަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.
ލަމްހާއަށް ކުރާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު