މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އޭނާގެ ކުރީގެ އަނބިކަނބަލުން ފާތުމަތު ޝަޒްރާއަށް ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ފޭސްބުކްގައި ޝަޒްރާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މެންބަރު ޒަރީރު އޭނާއާއި ކައިވެނި ބައްލަވައިގެން އުޅުއްވިއިރު ގެވެށިއަނިޔާ ކޮށްފައިވާ ކަމަށާއި އަދި ވަރިކުރިފަހުންވެސް އެކިގޮތްގޮތުން ޝަޒްރާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒަރީރާއި ކައިވެނިކޮށްގެން އުޅުނު 17 އަހަރު ކުރިމަތިވި ހިތްދަތިކަން އުޅުނީ ފޮރުވައިގެން ކަމަށާއި ނަމަވެސް މިހާރު ޒަރީރުގެ ޢަމަލުތައް ހުރިގޮތުން އޭރުގެ ވާހަކަތައް ޙިއްސާކުރަން މަޖުބޫރުވެފައިވާކަމަށް ޝަޒްރާ ވިދާޅުވިއެވެ.

"އެއްކޮށް އުޅުނު ދުވަސްތަކުގައި އާއިލާ މީހުންގެ ކުރިމަތީގައާއި ރައްޓެހިންގެ ކުރިމަތީގައި މަނިކުފާނު ކުރަމުންދިޔަ ވަރބަލް އަދި ފިޒިކަލް އެބިއުޒް (ރޭޕް ޑޮމެސްޓިކް ވަޔަލެންސް) މިހުރިހާ ކަމަކަށް މާފްކުރުމަށްފަހު އަޅުގަނޑު ދިރިއުޅުމެއް ފެށީ މިދުނިޔެމީ ކުޑަކުޑަ ހިނދުކޮޅެއްގެ ތަނެއްކަން އެނގޭތީ." ޝަޒްރާ ބުނެފައިވެއެވެ.



ޝަޒްރާ އިތުރަށް ބުނެފައިވަނީ އޭނާ މީހަކާ ކައިވެނިކުރީ 3 ފަށްވުމުން ފަށްކެނޑުމުގެ ނިޔަތުގައި ނޫން ކަމަށެވެ. ހުރިހާވެސް މަޤްސަދަކީ ރީތި ދިރިއުޅުމެއް އުޅުން ކަމަށާއި ޒަރީރުގެ ދިރިއުޅުމަށް އެނބުރި ނުދާނެ ކަމަށް ޝަޒްރާވަނީ ބުނެފައެވެ.

"މަނިކުފާނުގެ ޓޯޗަރ އަދި މެންޓަލް އެބިއުސް އަށް ކެތްތެރިވެގެން ކުދިންނަށްޓަކާ ދިރިއުޅުން އެއީ އަޅުގަނޑަށް ހެދުނު އެންމެ ބޮޑު ގޯސް." ޝަޒްރާ ބުނެފައިވެއެވެ.

މީސްމީޑިއާގައި މިވާހަކަތައް ޙިއްސާކުރަންޖެހުނީ ޒަރީރުގެ ފަރާތުން ލިބޭ އުނދަގޫތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާތީކަމަށާއި ދުނިޔޭގެ އިނގިލިތަކަށް ލަދުން ޒަރީރުގެ "ސިޔާސަކަން" އިތުރަށް ތަޙައްމަލް ނުކުރާނެ ކަމަށްވެސް ޝަޒްރާގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ ކުރީގެ އަނބިމީހާ ކޮށްފައިވާ މި ތުހުމަތުތަކާއި ގުޅިގެން އޭނާ އަދި ބަހެއް ވިދާޅުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން