އިންޑިއާގެ މަޝްހޫރު ފިލްމީތަރި ކޮންކޮނާ ސެންޝަރްމާއަކީ އަންހެނެއްގެ ގޮތުގައި ސިފަ ނުކުރެވޭކަމަށް އޭނާ ބުނެފިއެވެ.
ކޮންކަނާ ބުނީ ޖިންސު ތަފާތުކޮށް ބާރުވެރިކުރުމުގައި އިންޑިއާގެ މުޖްތަމައުތެރޭގައި އޮންނަ ނުފޫޒުގަދަކަމާއެކު އެކި ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމަށެވެ. އެގޮތުން އޭނާ އަކީ ޖިންސީ ތަފާތުކުރުންތަކުގައި ވަކިފަރާތަކަށް ނުޖެހޭ ވިސްނުމެއް ގެންގުޅޭ މީހެއްކަމަށް ފާހަގަކުރިއެވެ.
"އަހަރެން މިއީ އަންހެނެއް ގޮތުގައެއް ނުދެކެން. އަހަންނަކީ ވަކިފަރާތަކަށް ނުޖެހޭ ވިސްނުމެއް ގެންގުޅޭ މީހެއް. ޖިންސު ވަކިކުރުމުގެ ވިސްނުމަކީ އަހަރެން މާބޮޑަށް ގަބޫލުކުރާ ވިސްނުމެއް ނޫން. ފިލްމުތަކުގައި އަންހެންވަންތަ އަންހެނެއްގެ ރޯލު ކުޅެން ޖެހުމުން ގިނަފަހަރަށް އަންހެންވަންތަކަން ދަސްކުރަންޖެހެނީ. ވަކި އަންހެނެއް އަދި ފިރިހެނަކަށް ވުމޭ ނޫން މިބުނަނީ. އަބަދުވެސް އިހުސާސްކުރެވޭ އަދި ގަބޫލުވެސް ކުރަނީ އަންހެންވަތަކަމުގެ އިތުރުން ފިރިހެންވަންތަ ގޮތެއް އަހަރެންގެ ގައިގައި ހުންނަކަން." ކޮންކަނާ ބުންޏެވެ.
މިފަދަ ވާހަކަތައް ދައްކައި މުޖްތަމައުތެރޭގައި މިކަންކަން ބަލައިގަތުމަކީ އިންޑިއާއަށް އަދިވެސް އާކަމެކެވެ. ނަމަވެސް އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އަޅައިގެން އުޅުމަކީ އިންޑިއާގައި އާންމުކަމެކެވެ.
ފިލްމީދާއިރާއިން ގައުމީ އިނާމުވެސް ހާސިކުކޮށްފައިވާ ކޮންކަނާ ސެންޝަރްމާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ހަތަރު ވާހަކައެއް މައްޗަށް ބިނާކޮށް ރިލީޒްކޮށްފައިވާ އަޖީބް ދާސްތާން އިންނެވެ. އެއަށްފަހު މިދިޔަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު ދަ ރޭޕިސްޓުގެ ލީޑް ރޯލުން ކޮންކަނާ ފެނިގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު