ހިޔާ ލޯކަލް މާރުކޭޓުން 19 ގޮޅި ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

ހުޅުމާލޭ ފޭސް-2 ގައި ތަރައްގީކޮށްފައިވާ ހިޔާ މާރުކޭޓުގެ 19 ގޮޅި ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ނިންމާފައިވަނީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށެވެ. ގޮޅިތައް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ނިންމާފައިވަނީ 6 މަސްދުވަހުގެ މުއްދަތަށެވެ. ގޮޅިއެއްގެ ކުއްޔަކީ މަހަކު 2000 ރުފިޔާއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހިޔާ މާރުކޭޓަށް އެދި ހުށަހަޅާ ފޯމު އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ ކަމަށެވެ. އަދި ގޮޅިތަކަށް އެދޭ ފަރާތްތަކުން މާދަމާ ހެނދުނު 9:00 އާއި 11:00 ދެމެދުގެ ވަގުތެއްގައި އެކަމަށް އެދި ފޯމު ހުށައެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ހިޔާ މާރުކޭޓުގެ ގޮޅިތައް ދޫކުރާނީ ގުރުއަތުން ހޮވޭ މީހުންނަށް ކަމަށާއި ފޯމުތައް ބަލައިގަންނަން ހާއްސަ ޑެސްކެއް ހުރަވީ ސްކޫލް ހޯލުގައި ބަހައްޓާނެކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.

އެޗްޑީސީން ބުނީ ގޮޅިތަކުގެ ގުރުއަތު ނަގާނީ ފޯމު ހުށައަޅާ ދުވަހުގެ މެންދުރު 13:00 ގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން