ވިލިމާލޭގައި 2011 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަޒީފަށް މިރުޒާގެ ޢާއިލާގެ ހުރިހާ މެންބަރުން މަޢާފަދީ މަރުގެ ޙުކުމުން ސަލާމަތްކޮށްދީފިއެވެ.
ޢުމުރުން 25 އަހަރުގެ މިރުޒާއަށް ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:40 އެހާކަންހާއިރުއެވެ. ވިލިމާލޭ ޕާކް ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ލިބުނު އަނިޔާތަކާ ގުޅިގެން، މިރުޒާ މަރުވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގައި އޮއްވާ 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.
މި މައްސަލާގައި ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއު މެރުމަށް 2017 ވަނަ އަހަރު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލާގައި ދެން ދައުވާލިބޭ ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. މި މައްސަލާގައި ދައުލަތުން ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ހެކި ނެތިގެން ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ 2012 ވަނަ އަހަރު ހުކުމް ކޮށްފަ އެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހަށް މިރުޒާގެ ބައްޕައާއި މިރުޒާގެ ހުރިހާ ވާރިސުން ވަނީ ހާޒިރުކޮށްފައެވެ. މިއަދުގެ އަޑުއެހުމުގައި މިރުޒާގެ ބައްޕަ ބުނީ ނަޒީފުގެ ފަރާތުން މައާފަށް އެދި އޭނާއާއި ބައްދަލުކޮށްފައިވާކަމަށެވެ. އަދި ނަޒީފަށް މައާފުކުރީ އެއްވެސް ބިރެއް ދައްކައިގެން ނޫންކަމަށާއި އެކަން އެގޮތަށް ކުރުމުގެ ކުރިން އިލްމުވެރިންގެ ލަފާ ހޯދިކަމަށް މިރުޒާގެ ބައްޕަ ބުންޏެވެ. އަދި ނަޒީފްގެ ޢާއިލާއަށް ކުރިމަތިވެފައިވާ ހިތްދަތިކަމަށް ޙަމްދަރުދީވެ ނަޒީފަށް މާފު ދިނުމަށް ނިންމީކަމަށް މިރުޒާގެ ބައްޕަ ބުނެފައިވެއެވެ.
މިރުޒާގެ ބައްޕަ ނަޒީފަށް މައާފު ދިނުމުން މިރުޒާގެ ހުރިހާ ވާރިސުންވެސް ވަނީ ނަޒީފަށް މައާފު ދީފައެވެ. އަދި އެކަމުގައި އެއްވެސް މަޖުބޫރުކަމެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ. އިސްލާމީ ޝަރީޢަތުގައި މަރަށްމަރު ހިފޭނީ މަރުވި މީހާގެ ހުރިހާ ވާރިސުން އެގޮތަށް އެދޭ ނަމަ އެވެ. އެންމެ ވާރިސަކު ނަމަވެސް އެކަމަށް ދެކޮޅު ހަދައިފިނަމަ މަރުގެ އަދަބެއް ނުދެވޭނެ އެވެ.
މިރުޒާގެ ވާރިސުން ނަޒީފަށް މަޢާފުދިން ނަމަވެސް ނަޒީފްވަނީ މިރުޒާ މަރާލިކަމަށް އުފުލާފައިވާ ދަޢުވާއަށް މިއަދުވެސް ކޯޓުގައި އިންކާރުކޮށްފައެވެ. ނަޒީފްގެ ފަރާތުން ބުނީ އޭނާގެ މައްޗަށް ދަށުކޯޓުތަކުން އިއްވާފައިވާ ހުކުމް ބަލައިނުގަންނަ ކަމަށެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިސްފަނޑިޔާރުކަން ކުރަށްވާ މި މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
މި މައްސަލާގައި ދެން އޮންނާނީ ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލީހެވެ.

ކިޔުންތެރިންގެ ހިޔާލު