އެކަޑެމީ އޮފް މޯޝަން ޕިކްޗަރސް އެންޑް ސައިންސް އިން މިއަހަރު ބޭއްވި އޮސްކަރ އެވަރޑްސްްގައި ވިލް ސްމިތައް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަނަމަވެސް، އޮސްކަރ އެވަރޑްސްް އަށްފަހު އެކަޑެމީގެ މެމްބަރުކަމުން ވިލް ސްމިތު ވަކިވެއްޖެއެވެ.

މިއަހަރުގެ އޮސްކަރ އެވަރޑްސްގައި އެންމެ މޮޅު އެކްޓަރގެ ލަގަބުވެސް ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ވިލް ސްމިތަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބެމުންދަނީ އެވަރޑްސް ޝޯވ ހުށައަަޅައިދެމުންދިޔަ ތަރިއެއްގެ މޫނުމަތީގައި ޖެހުމުންނެވެ.

އޮސްކަރ ޝޯވް ކުރިއަށް ދަނިކޮށް އެވަރޑެެއް ހުށައެޅުމަށް ސްޓޭޖްމަތީގައި ހުރި ކޮމެޑިއަން ކްރިސް ރޮކްގެ މޫނުމަތީގައި ވިލް ސްމިތު ޖަހާފައިވަނީ އޭނާގެ އަންހެނުންނާ ބެހޭގޮތުން މަޖަލަކަށް ހަދާފައި ބުނިބުނުމަކުންނެވެ. ރޮކްގެ މޫނުމަތީގައި ވިލް ސްމިތު ޖެހުމުގެ ކުރިން އޭނާގެ އަންހެނުންނޭ ކިޔައިގެން ވާހަކަ ނުދެއްކުމަށްވެސް ބުނެފައިވެއެވެ.

އޮސްކަރ އެވަރޑްގައި ހިނގާ ދިޔަ މިހާދިސާއަށްފަހު އެކަޑެމީއިން ވަނީ ވިލް ސްމިތާ ދެކޮޅަށް ޑިސިޕިލިނަރީ އެކްޝަން ނެގުމަށް ތައްޔާރުވަމުންދާކަމަށް ހާމަކޮށްފައެވެ.

މީގެއިތުރުން އެކަޑެމީގެ މެމްބަރުކަމުން ވިލް ސްމިތު ވަކިވެފައިވާކަން އިއުލާން ކުރަމުން އެހާދިސާއާއި ގުޅިގެން އެކަޑެމީއިން އޭނާ އާއި ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅެއް ގަބޫލު ކުރާނެކަމަށް ވިލް ސްމިތު ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން