ކުޑަ ކުދިން ރޯދަހިފަން ޢާދަ ކުރުވުމަށް އެންމެ ރަގަޅު ޢުމުރު
ކުޑަކުދިން ރޯދައަށް ބައިތިއްބަން އެންމެ ރަގަޅު ޢުމުރަކީ ކޮބައިތޯ؟ އެކުދިން ރޯދަ ހިފުމަށާއި ޖަމާޢަތުގައި ނަމާދު ކުރުމަށް ޚާއްޞަ ގޮތެއްގައި ތަރާވީޙް ނަމާދު ގެ ޖަމާޢަތުގައި ބައިވެރި ކުރުވުމަށް ބާރުއެޅުމުގެ ގޮތުން ކުރެވޭނެ ކަމަކީ ކޮބައިތޯ؟ ރަމަޟާން މަހު ކުޑަކުދިންގެ ހުސްވަގުތު ހޭދަ ކުރާނެ ރަގަޅު ގޮތެއް ބުނެދެއްވާ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:
ފުރަތަމަ ކަމަކަށް: ކުޑަކުދިން ބާލިޣް ނުވަނީސް ރޯދަ ހިފުން ވާޖިބެއް ނުވާނެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (رُفِعَ الْقَلَمُ عَنْ ثَلاثَةٍ : عَنْ الْمَجْنُونِ الْمَغْلُوبِ عَلَى عَقْلِهِ حَتَّى يفِيقَ ، وَعَنْ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنْ الصَّبِيِّ حَتَّى يَحْتَلِمَ) މާނައަކީ: "ތިން މީހެއްގެ މަތިން ގަލަން ވަނީ އުފުއްލިގެންނެވެ. ބުއްދިފިލައި ގޮސްފައިވާ މީހާ އޭނާގެ ބުއްދި ހަމަޖެހުމާއި ހަމައަށް، ނިދިފައިވާ މީހާ ހޭލެވުމާއި ހަމައަށް، އަދި ކުޑަކުއްޖާ އިޙްތިލާމްވުމާއި ހަމައަށެވެ."
އެހެންނަމަވެސް، ކުޑަކުދިން ރޯދަ ހިފުމަށް ޢާދަ ކުރުވުމުގެ ގޮތުން ރޯދައަށް ބައިތިއްބަން ވާނެއެވެ. އަދި ކުޑައިރު ކުރާ ހެޔޮ ޢަމަލުތަކަކީވެސް ފޮތުގައި ލިޔުއްވޭނެ ޢަމަލުތަކެއްވެސްމެއެވެ. މިގޮތުން ރޯދައަށް ބައިތިއްބަން ފަށާނެ ޢުމުރަކީ އެކަމަށް އެކުދިން ކުޅަދާނަ ވީއްސުރެންނެވެ. އެހެންކަމުން، އެކި ކުދިންގެ ހެދި ބޮޑުވުމުގެ ކަންތައް ހުންނަ ގޮތުން ޢުމުރު ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ޢިލްމުވެރިން އެއީ ކުއްޖާގެ ޢުމުރުން ދިހަ އަހަރު ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
އިމާމް ޚަރްގީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ކުއްޖާގެ ޢުމުރުން ދިހަ އަހަރު ފުރުމުން ރޯދަ ހިފުމަށް އަމުރު ކުރަން ވާނެއެވެ".
އިމާމް އިބްނު ގުދާމާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. މާނައަކީ: ދިހަ އަހަރުފުރުމުން ކުއްޖާ އަށް ނަމާދު ކުރުމަށް އަމުރު ކުރާފަދައިން ރޯދަ ހިފަން އަމުރު ކުރަން ވާނެއެވެ. ރޯދަ ހިފުމަށް ތަމްރީނު ދިނުމުގެ ގޮތުންނެވެ. އަދި އެކަމަށް ޢާދަ ކުރުވުމުގެ ގޮތުންނެވެ.
ދުޢާ އަކީ އަޅުގަޑުމެންގެ ދަރިންނަށް އިސްލާމީ ތަރްބިއްޔަތު ދިނުމުގެ އެހީތެރިކަން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަޑުމެން އެންމެންނަށް ދެއްވުމެވެ. އާމީން. والله أعلم
ޝަޢްބާން މަސް ދެބައިވުމަށް ފަހުގައި ރޯދަހިފުން މަނާ ކުރައްވާފައިވާ މަނާ ކުރެއްވުން
ޝަޢްބާން މަސް ދެބައިވުމަށްފަހުގައި ރޯދަ ހިފިދާނެތޯ؟ ޝަޢްބާން މަސް ދެބައިވުމަށްފަހުގައި ރޯދަ ހިފުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާ ކުރައްވާފައިވާ ކަމަށް އަޑުއިވިފައިވެއެވެ؟

روى أبو داود (3237) والترمذي (738) وابن ماجه (1651) عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( إِذَا انْتَصَفَ شَعْبَانُ فَلا تَصُومُوا ) . صححه الألباني في صحيح الترمذي
އަބޫދާވޫދާއި ތިރްމިޛީ އަދި އިބްނުމާޖާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ޝަޢްބާން މަސް ދެބައިވުމުން ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ". މި ޙަދީޘް އަކީ ޝައިޚް އަލްބާނީ ޞައްޙަ ކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ.
މިޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ދެބައިވުމުން ރޯދަހިފުން މަނާވެއްޖެ ކަމެވެ. މާނައަކީ ޝަޢްބާން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރޯދަ ހިފުން މަނާ ވުމެވެ.
ނަމަވެސް ބައެއް އެހެން ރިވާޔަތް ތަކުގައި ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފުން ހުއްދަވާނެ ކަން ދޭހަވާގޮތަށް އައިސްފައިވެއެވެ. އޭގެ ތެރޭގައި:
ما رواه البخاري (1914) ومسلم (1082) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلا يَوْمَيْنِ إِلا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ) ބުޚާރީ އާއި މުސްލިމް ރިވާ ކުރައްވާފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ކުރިން ރޯދަ ހިފަމުން އައި މީހަކު ފިޔަވާ އެހެން މީހުން ރަމަޟާން މަހުގެ ކުރިން އެއްދުވަސް ނުވަތަ ދެދުވަހު ރޯދަ ނުހިފާ ހުށި ކަމެވެ."
މި ޙަދީޘް އިން ދޭހަވަނީ ޢާއްމު ކޮށް ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފުމަކީ ހުއްދަ ކަމެއް ކަމެވެ. މިޘާލަކަށް ކޮންމެ ހޯމަ ބުރާސްފަތި ދެދުވަހު ރޯދަ ހިފާ މީހަކު، ނުވަތަ ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅެވެ."
وروى البخاري (1970) مسلم (1156) عن عَائِشَةَ رَضِيَ اللَّهُ عَنْهَا قالت : ( كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَعْبَانَ كُلَّهُ ، يَصُومُ شَعْبَانَ إِلا قَلِيلا ) .
ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. "ޝަޢްބާން މަހު އެއްކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވިއެވެ. ޝަޢްބާން މަހުގެ މަދު ދުވަހެއް ފިޔަވާ އެހެން ހުރިހާ ދުވަހަކު ރޯދަ ހިއްޕެވިއެވެ."
މި ޙަދީޘުން ދޭހަވަނީ ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ޝަޢްބާން މަހުގެ ފަހުބައިގާ ރޯދަ ހިފިޔަސްވެސް އެންމެ ރަގަޅު ކަމެވެ.
އިސްވެދިޔަ ޙަދީޘް ތަކުގެ އަލީގައި އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ޢާދަ ވެގެން ރޯދަ ހިފާމީހަކު ފިޔަވާ އަދި ޝަޢްބާން މަސް ފެށިގެން ރޯދަ ހިފަމުން އަންނަ މީހަކު ފިޔަވާ ޝަޢްބާން މަސް ދެބައިވުމުން ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ." والله أعلم
ރޯދައިގެ އާޔަތުގައިވާ ފިދްޔާ ގެ މިންވަރު
ރޯދައިގެ އާޔަތުގައި ބަޔާންވެގެންވާ ފިދްޔާ ގެ މިންވަރަކީ ކޮބައިތޯ؟

ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށް، ޢުމުރުން ދުވަސްވެފައި ވުމުގެ ސަބަބުން، ނުވަތަ ފަސޭހަވާނެ ކަމުގެ އުއްމީދު ގެއްލިފައިވާ ބައްޔެއްގެ ސަބަބުން ރަމަޟާން މަހު ރޯދަ ހިފުމަށް ނުކުޅެދިއްޖެ މީހާގެ މައްޗަށް ރޯދަ ހިފުން ވާޖިބު ވެގެންނެއް ނުވެއެވެ. އެފަދަ މީހުން ރޯދަ ދޫކޮށްލުމަށްފަހުގައި ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. ސޫރަތުލް ބަގަރާގެ 183-184 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾ أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!). ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."
އިބްނު ގުދާމާ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. (އަލްމުޣްނީ 4-396). "މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މީހުންނަށް ރޯދަ ހިފުން އުނދަގޫ ކަމަކަށް ވެއްޖެނަމަ، އަދި އެއީ ބޮޑު ތަކްލީފް އުފުއްލަން ޖެހޭ ކަމަކަށް ވެއްޖެނަމަ، ރޯދަ ހިފުމެއް ނެތެވެ. ހަމައެފަދައިން ފަސޭހަވާނެ ކަމުގެ އުއްމީދު ގެއްލިފައިވާ ބަލިތަކުގެ އަހްލުވެރިންވެސް އެވެ. ސޫރަތުލް ބަގަރާގެ 286 ވަނަ އާޔަތުގައި މާތް ﷲ ވަޙި ކުރައްވާފައިވެއެވެ. (لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا) މާނައަކީ: " اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ". މިފަދަ މީހުން ރޯދަ ދޫކޮށްލުމަށް ފަހު ގައި ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِين) މާނައަކީ: " އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ."
ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން އެކަލޭގެފާނުގެ ފަތާވާ އައްޞިޔާމްގެ ޞަފްޙާ ނަމްބަރ 111 ގައި ވިދާޅުވެފައިވެއެވެ." ބަލި މީހުން ދެބަޔަކަށް ބެހިގެންވެއެވެ.
ފުރަތަމަ ބަޔަކީ: އެބައްޔަކުން ޝިފާ ލިބޭނެ ކަމުގެ އުއްމީދު އޮތް ބަލިތަކުގެ އަހްލުވެރިން، މިޘާލަކަށް ކުއްލި އަކަށް މެދުވެރިވާ ބަލިތައް، މިފަދަ މީހުންގެ ޙުކުމަކީ ރޯދަ ދޫކޮށްލުމަށް ފަހު ފަހުން އެހެން ދުވަހެއްގައި ގެއްލުނު ރޯދަ ގަޟާ ކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ) މާނައަކީ: " ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ". މިފަދަ މީހުން ބަލި ފަސޭހަވަން ދެން މަޑު ކުރާނީ އެވެ. ބަލި ފަސޭހަ ވުމުން ރޯދަ ގަޟާ ކުރާނީއެވެ. ބަލި ޙާލުގައި ގޮސް އެމީހަކު ދުނިޔެ ދޫކޮށްގޮސްފިނަމަ އެމީހެއްގެ މައްޗަށް ފާފަ އެއް ނެތެވެ. އަދި އެމީހެއްގެ ކިބައިން އެރޯދަ އެއް ގަޟާ ކުރުމެއްވެސް ނެތެވެ. ސަބަބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް ވާޖިބު ކުރެއްވީ އެހެން ދުވަސްތަކެއްގައި ރޯދަ ގަޟާ ކުރުމަށެވެ. ރޯދަ ގަޟާ ކުރާނެ ވަގުތު ނުލިބެނީސް އޭނާ މަރުވީއެވެ. އެފަދަ މީހުން ގެ މިޘާލަކީ ރަމަޟާން މަސް އައުމުގެ ކުރިން ޝަޢްބާން މަހުގައި މަރުވާ މީހުންގެ މިޘާލެވެ. އެފަދަ މީހުންގެ މައްޗަށް ރޯދަ ވާޖިބު ވެގެންނެއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު