އަހުމަދު ޝާހް   3 އޭޕްރީލު 2022 - 17:13
ހުޅުމާލޭ ރަށުމާރުކޭޓް
ހުޅުމާލޭ ރަށުމާރުކޭޓް
ހިޔާ ލޯކަލް މާރުކޭޓުން 17 ގޮޅި ކުއްޔަށް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭ ފޭސް-2 ގައި ތަރައްގީކޮށްފައިވާ ހިޔާ މާރުކޭޓުގެ 19 ގޮޅި ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ނިންމާފައިވަނީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށެވެ.

އެޗްޑީސީން ބުނީ ހިޔާ މާރުކޭޓުން ދޫކުރުމަށް ހަމަޖެހުނު 19 ގޮޅިއަށް 558 ފަރާތަކުން ކުރިމަތިލި ކަމަށެވެ. އަދި އޭގެތެރެއިން ގުރުއަތުން ހޮވުނު 19 މީހުންގެ ތެރެއިން 17 މީހަކާއެކު މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.



6 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ގޮޅިއެއްގެ ކުއްޔަކީ މަހަކު 2000 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން