ތޫނުއެއްޗަކުން ޙަމަލާދީ ގ. ވޭރު، ޢަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ކުށް ސާބިތުވެ މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ދެމީހުންނަށް ވަކީލަކު ހަމަޖައްސަން ހައިކޯޓުން މިއަދު 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީމަހު 19 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑުގައި ތޫނު އެއްޗަކުން ޙަމާލާދީ ގ. ވޭރު، ޢަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ކުށް ސާބިތުވެ މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫންގެ މައްޗަށެވެ.
ވަޅިން ހަމަލާދީ ބޮބީ މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ. ބޮބީއަށް ދިން ހަމަލާތަކުގައި އޭނާގެ ބޯ ފަޅާލައި ހަށިގަނޑުގެ 20 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ.
މިއަދު ހައިކޯޓުގައި ކުރިއަށްދިޔައީ މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި މައިމޫނާއި މުހުޖަތު ވަނީ، ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލުންނާއެކު ކަމަށް ބުނެފައެވެ. އެހެންކަމުން އެދެމީހުންނަށް ވަކީލަކު ހަމަޖައްސަން ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއްް ދީފައެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ މިއީ މައިމޫނާއި މުހުޖަތަށް ވަކީލުން އައްޔަނު ކުރުމަށް ދޭ ފަހުފުރުސަތު ކަމަށެވެ. އަދި ވަކީލަކާއި ނުލައި ނަމަވެސް މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ކުރިއަށް ގެންދަވާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ބޮބީ މަރާލި މައްސަލާގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އެ ތިން މީހުންނަކީ، ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ، މުހުޖަތު އަހުމަދު ނާސިހުގެ އިތުރުން ސ. މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފައު އެވެ. ނަމަވެސް އެ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން 2019 ވަނަ އަހަރު މެއި 7 ވަނަ ދުވަހު ހުކުމް ކުރީ، މުހުޖަތާއި މައިމޫންއަށެވެ. އަދި މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ނިންމައިފައެވެ.
ބޮބީގެ ހުރިހާ ވާރިސުން ގާތިލުންގެ ކިބައިން ޤިޞާޞް (މަރަށް މަރު) ހިފުމަށް ބޭނުންވާތީ، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނާއި އެއްގޮތަށް އެދެމީހުންނަށް މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ބޮބީ މަރުވެފައިވަނީ މައިމޫނާއި މުހުޖަތާއި އިތުރު ބަޔަކު ބައިވެރިވެގެން ބޮބީއަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށެވެ. ހަމަލާދިން މީހުންނާއެކު ސައިކަލުތަކުގައި އެތަނަށް ދިޔަަ މީހުންގެ ތެރޭގައި މައިމޫން ހިމެނޭކަމަށާއި އަދި ބޮބީއަށް ހަމަލާދިން މީހުންގެ ތެރޭގައި މުހުޖަތު ހިމެނޭކަން ހެކިންގެ ބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށް އެ ހުކުމުގައިވެއެވެ.
ބޮބީގެ މަރާ ގުޅިގެން، އޭރު ކުޑަކުދިންގެ ގޮތުގައި ތިބި ތިން މީހެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައިވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެތެރެއިން ދެ މީހަކު މަރަން ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ހުކުމްކުރި އެވެ. އެއީ ޖުވެނައިލް ކޯޓުގެ ތާރީހުގައި އިއްވި ފުރަތަމަ މަރުގެ ހުކުމެވެ. އެ ދެ މީހުންގެ މަރު ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. ދައުލަތުން ދައުވާކުރި ތިން ވަނަ ކުއްޖާގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ވެސް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިމައްސަލާގައި ބޮބީ މަރައިލަން ބޭނުންކުރި ވަޅި ފޮރުވައި ފުލުހުންނަށް އެކަން ސިއްރުކުރި އާމިނަތު ރަޝީދާގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާ ސާބިތުވުމުން 1500 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ހައިކޯޓުގައި މިމައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ އިސްފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

ކިޔުންތެރިންގެ ހިޔާލު