މަޝްހޫރު ބިލިއަނަރ އީލަން މަސްކް ޓްވިޓަރގެ ބޯޑަރ ހަވާލުވިތާ މާގިނައިރެއްނުވެ ގިނަބަޔަކު ބޭނުންވާނެ ބަދަލެއް ޓްވިޓަރއަށް އަންނާނެކަމުގެ އުފާވެރި ހަބަރެއް ޓްވިޓަރ އިން ދީފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓަރގައި ކުރާ ޓްވީޓްތައް އާންމުކުރުމަށްފަހު އެޑިޓް ކުރެވޭ ފީޗާރއެއް އަދި ނުހިމެނެއެވެ. އަދި މިފީޗަރ ލުމަށް ގިނަބަޔަކު އެދެމުންދާއިރު މަޝްހޫރު ބިލިއަނަރ އީލަން މަސްކް ޓްވިޓަރގެ ބޯޑަރ ހަވާލުވިތާ މާގިނައިރެއްނުވެ ޓްވީޓްތައް އާންމުކުރުމަށްފަހު އެޑިޓް ކުރެވޭ ފީޗާރއެއް ހިމެނުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓްވިޓަރ އިން ހާމަކުރެއެވެ.



މިހަބަރު ޓްވިޓަރއިން ދިނުމުގެ ކުރިން އެކުންފުނީގެ ބޯޑުގައި ހިމެނޭ ބިލިއަނަރ އީލަން މަސްކް ވަނީ ޓްވިޓަރގައި ޓްވީޓް އެޑިޓް ކުރެވޭ ފީޗާރއެއް ލުމާބެހޭގޮތުން ހިޔާލުހޯދުމުގެ ވޯޓެއްވެސް ނަގާފައެވެ.

ނަމަވެސް ޓްވިޓަރުން ބުނީ އެޑިޓް ކުރެވޭ ފީޗާރއެއް ތައާރަފުކުރަން ނިންމީ މިކަމާ ބެހޭގޮތުން ކުރިއަށްދިޔަ ހިޔާލުހޯދުމުގެ ވޯޓެއްގެ ސަބަބުން ނޫންކަމަށެވެ. އަދި އެޑިޓް ކުރެވޭ ފީޗާރއެއް ލުމުގެ މަޝްވަރާތައް ހުސްވިއަހަރުން ފެށިގެން ކުރަމުންދާ ކަމަށް ވެއެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން