13 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު، ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު ފޮއްޓަކަށްލައި ހުޅުމާލޭ މޫދަށް އެއްލާލި މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ ގޭ ބަންދުގައި ބަހައްޓަނީ ރަނގަޅަށްކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ) އާއި 17 އަހަރުގެ ކުއްޖެކެވެ.
އޭގެތެރޭގައި ހިމެނޭ 17 އަހަރުގެ ކުޑަކުއްޖާ ގޭބަންދަށް ބަދަލު ކުރުމަށް ޖުވެނައިލް ކޯޓުން ނިންމާފައިވަނީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ނެތް ކަމަށް އެޗްއާރުސީއެމުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާތީ އެކަމަށް ޙަވާލާދީފައެވެ. އެހެންކަމުން ޕީޖީ އޮފީހުން ވަނީ ކުޑަކުދިން ބޭތިއްބޭނެ އެކަށީގެންވާ ޖަލެއް ގާއިމް ކުރެވޭނެ މުއްދަތެއް އަންގައިދޭން ހޯމް މިނިސްޓްރީގައި އެދިފައެވެ. މިމައްސަލައިގައި 17 އަހަރުގެ ކުއްޖާއަށް ދައުވާކުރަން ފޮނުވާފައިވީ ނަމަވެސް އެއީ ކުޑަކުއްޖަކަށްވުމުން އެކަމާއި ގުޅޭ ތަފްސީލެއް ޕީޖީ އޮފީހުން ދީފައެއްނުވެއެވެ.
މި މައްސަލާގައި ދައުވާލިބޭ ކުޑަކުއްޖާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހުންނަނީ ގޭ ބަންދުގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ ކުއްޖާ ގޭ ބަންދުގައި ބެހެއްޓީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން މިދިޔަ މަހު އެ ކުއްޖާގެ ބަންދު މުރާޖާ ކުރުމަށް ޕީޖީ އޮފީހުން ޖުވެނައިލް ކޯޓަށް ހުށައެޅުމުންވެސް ކުރީގެ ނިންމުން އެކޯޓުން ބަދަލުކޮށްފައެއް ނުވެއެވެ.
ދެވަނަ ފަހަރަށް އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ބުނީ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ޝަރުތުތަކަކާ އެއްކޮށް ކަމަށާއި އެއިން ޝަރުތަކާ އެ ކުއްޖާ މިހާތަނަށް ޚިލާފްވެފައި ނުވާކަމަށެވެ. އޭގެއިތުރުން ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވުމަކީ ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން އޮތް ހުރަހެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންކަމުން، ޖުވެނައިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމީ ކަމަށް އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިއްތިފާޤުވި ހުކުމުގައިވެ އެވެ.
ރަހުމްކުޑަގޮތަކަށް މަރާލުމަށްފަހު 13 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.
ކުޑަކުއްޖާ މަރާލި މައްސަލައިގައި ޒިހާންގެ މައްޗަށް ތޭރަ ދައުވާ ކޮށްފައިވާއިރު މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ.
ޒީހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް ދަޢުލަތުން ވަނީ އުފުލާފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ އަކާއި، ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ އާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި، ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ އެވެ.
މިދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު