ހުޅުމާލޭގެ ހިޔާ ފުލެޓުތަކުގެ ކުލީގެ މައްސަލާގައި އިދިކޮޅުން އެދެނީ އަދުލު އިންސާފުގެ ދާއިރާއަށް ސަރުކާރުން ވަނުމަށްތޯ ވިދާޅުވެ، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ރައްދު ދެއްވައިފިއެވެ.
ހިޔާ ފުލެޓުތަކުގެ ކުލީގެ މައްސަލާގައި ލުއިގޮތްތަކެއް ހަދައިދިނުމަށް ގޮވާލާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދެއްކެވި އާދަމް ޝަރީފުވަނީ ހިޔާ ފުލެޓުތަކުގެ ކުއްޔަށް ލުޔެއް ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ހިޔާ ފުލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިންމަން ބައެއް ފަރާތްތަކުން ހަވާލުކުރި ކުންފުނިތަކުން ވަނީ މަސައްކަތް ނުނިންމާ އޮޅުވާލާފައި ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
އާދަމް ޝަރީފްގެ ވާހަކަތަކަށް ރައްދުދެއްވަމުން އިކްރާމް މިއަދު ވިދާޅުވީ، ދޭދޭ ފަރުދުންގެ ދޭތެރޭ ހިނގާ ހިޔާނާތުގެ މުއާމަލާތްތަކަކީ ނިޒާމުގެ ތެރެއިން މިހާރު ވެސް ބެލެން އޮތް ކަންކަން ކަމަށެވެ. އަދި އާދަމް ޝަރީފު ބޭނުންވަނީ އިންސާފުގެ ދާއިރާއަށް ސަރުކާރުން ވަދެ ނުފޫޒު ފޯރުވަންތޯ އިކްރާމް ސުވާލު ކުރައްވާފައިވެއެވެ. މީގެއިތުރުން ހަމައެކަނި ހިޔާ ފުލެޓުގައި އުޅޭ ރައްޔިތުން ހާއްސަ ކުރައްވަނީ ކީއްވެތޯއާއި އެހެން ރައްޔިތުން ހާއްސަ ނުވަނީތޯ ވެސް އިކުރާމް ވަނީ ސުވާލު ކުރައްވާފައެވެ.
އިކްރާމް މިފަދައިން ވިދާޅުވިއިރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފްވަނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ހިޔާ ފުލެޓުތަކުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ވާހަކަ ނުދައްކަނީ، އެ ފުލެޓުތައް ނިންމަން ރައްޔިތުން ހަވާލުކުރި ބައެއް ކުންފުނިތަކާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ގުޅުން އޮންނާތީކަމަށް ތުހުމަތު ކުރައްވާފައެވެ.
މިމަހުން ފެށިގެން ހިޔާ ފުލެޓުގެ ކުލި ދައްކަން ފެށުމަށް ފުލެޓުގެ ވެރިންނަށް އަންގާފައިވާއިރު، ކުލި ނުދެއްކުމަށް ބައެއް ފަރާތްތަކުން ދަނީ ހިޔާގެ ރައްޔިތުންނަށް ގޮވާލަމުންނެވެ. އަދި އެފަދައިން ގޮވާލަމުންދާތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ވަނީ އެކަން ކުށްވެރި ވެސް ކޮށްފައެވެ.

Dhedhey farudhunge dheytherey higaa hiyaanaathuge muaamalaaithakakee nizamge therein mihaaruves belen oii kankan. Insaafge dhaairaa ah sarukaarun vadhe nufooz foaruvantho thiya edhenee @Adamshareefz. Hiya flatge rahyithun ekani keevetho thiya haassa kuravvanee? Ehen rahyithun? https://t.co/aLsllDDs7e
— Ikram Hassan MP (@ikramhassan) April 12, 2022
އިކްރާމް މިފަދައިން ވިދާޅުވިއިރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފްވަނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ހިޔާ ފުލެޓުތަކުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ވާހަކަ ނުދައްކަނީ، އެ ފުލެޓުތައް ނިންމަން ރައްޔިތުން ހަވާލުކުރި ބައެއް ކުންފުނިތަކާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ގުޅުން އޮންނާތީކަމަށް ތުހުމަތު ކުރައްވާފައެވެ.
މިމަހުން ފެށިގެން ހިޔާ ފުލެޓުގެ ކުލި ދައްކަން ފެށުމަށް ފުލެޓުގެ ވެރިންނަށް އަންގާފައިވާއިރު، ކުލި ނުދެއްކުމަށް ބައެއް ފަރާތްތަކުން ދަނީ ހިޔާގެ ރައްޔިތުންނަށް ގޮވާލަމުންނެވެ. އަދި އެފަދައިން ގޮވާލަމުންދާތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ވަނީ އެކަން ކުށްވެރި ވެސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު