ބޮލީވުޑްގެ ކާމިޔާބު ދެތަރިންކަމަށްވާ އާލިޔާ ބަޓާއި ރަންބީރް ކަޕޫރްގެ ކައިވެންޏަށް ދައުވަތުދީފައިވަނީ އެންމެ 28 މީހުންނަށް ކަމަށް އާލިޔާގެ ބޭބެ ރާހުލް ބަޓް ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ރާހުލް ބަޓް ބުނީ ކައިވެނި ކުރާ ވަގުތު ތިބޭނީ އާއިލާ އާއި ގާތްއެކުވެރިންކަމަށާއި އެގޮތުން ދައުވަތު އަރުވާފައިވަނީ 28 މެހެމާނުންނަށް ކަމަށެވެ. ނަމަވެސް ކައިވެނި ކުރުމަށްފަހު ކައިވެނި ފާހަގަކުރުމަށް ބާއްވާ ކައިވެނި ޕާޓީއަށް ގިނަބަޔަކަށް ދައުވަތުދީފައިވާކަމަށް ރާހުލް ބުންޏެވެ.
އިންޑިއާގައި ކުރާ ކައިވެނިތަކަކީ ބޮޑެތި ހަފްލާތަކެއް ހިމަނައިގެން ގިނަ ދުވަސްތަކަކަށް ދެމިލައިގެންދާ ކަމެކެވެ. އެގޮތުން އާލިޔާ އަދި ރަންބީރުގެ ކައިވެނީގެ ހަފްލާތައްވެސް ވަނީ މިދިޔަ ބުދަ ދުވަހު ފަށާފައެވެ. އަދި މިހަފުލާތައް އާދީއްތަ ދުވަހާއި ހަމައަށް ކުރިއަށް ދާނެކަމަށްވެއެވެ.
އާލިޔާ އަދި ރަންބީރުގެ ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ މުމްބާއީގައި ހުންނަ އާރް ކޭ ހައުސްގައެވެ. މިއީ ރަންބީރު ބައްޕަ އާއި މަންމަ، ރިޝީ ކަޕޫރާއި ނީތޫ ކަޕޫރްވެސް ކައިވެނިކުރި ގެއެވެ.

ކިޔުންތެރިންގެ ހިޔާލު