ބަންގްލްދޭޝްގެ އަންހެން ކުއްޖަކު ހަ ފިރިހެނުންނާ އެއްފަހަރާ ރައްޓެހި ވެގެން އުޅެނިކޮށް ހިތިގޮތަކަށް ސަޕްރައިޒެއް ދީފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވަމުންދާ ވީޑިއޯއިން މިއަންހެން ކުއްޖާއަށް ސަޕްރައިޒެއް ދިނުމަށް އެ ހަފިރިހެންކުދިން ރާވައި، އެއްތަނަކުން އެންމެން އެކުގައި ބައްދަލުވާތަން ފެނެއެވެ. އެގޮތުން އެތަނުން އެއްފިރިހެން ކުއްޖަކާއިއެކު އަންހެން ކުއްޖާ ކެފޭއެއްގައި އިންދައި ބާކީ ހުރިހާ ފިރިހެން ކުދިން އައިސް ސަޕްރައިޒް ދޭތަން މިވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ގިނަބަޔަކު އެއަންހެން ކުއްޖާއަށް ފާޑުކިޔަމުންދާއިރު މަދުބަޔަކު ދަނީ އެއްފަހަރާ ހަކުދިންނާ ރައްޓެހިވުމަކީ އޭނާގެ ޗޮއިސެއްކަމަށްވެސް ބުނަމުންނެވެ.



ދުނިޔޭގެ އެކި ހިސާބުތަކުގައި މިފަދައިން އެއްފަހަރާ ގިނަ މީހުންނާ ރައްޓެހި ވުމަކީ މިހާރު މާ އާންމުކަމެކެވެ. އެގޮތުން އިނދެގެން އުޅޭ އަނބި މީހާ ނުވަތަ ފިރިމީހާ މަތިން ހަނދާން ނައްތާލެވޭ ފަހަރުވެސް މަދެއް ނޫނެވެ.

ނަމަވެސް މިފަދަ ކަންކަމުގެ ތެރެއިން ލޯބިވެޔޭ ބުނެ ދޮގު ހަދައި މަކަރާއި ހީލަތް ހެދުމުގެ ސަބަބުން ނަފުސާނީ ގެއްލުން ލިބޭމީހުންގެ އަދަދުވެސް ދަނީ ގިނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

...

15-Apr-2022

Kommehen beynun nei haalathugai mees meehunge goas vaahaka fethurumakee kihaa nubai kamehbaa



ޓްރެންޑިން