އިބްރާހިމް ފަހީމް   15 އޭޕްރީލު 2022 - 1:39
ރަންބީރު އަދި އާލިއާ
ރަންބީރު އަދި އާލިއާ
ގިނަބަޔަކު އިންތިޒާރު ކުރަމުންދިޔަ ބޮލީވުޑްގެ ކައިވެނިތަކުގެ ތެރޭގައި ހިމެނޭ، ރަންބީރް ކަޕޫރާއި އާލިއާ ބަޓް ކައިވެނިކޮށްފިއެވެ.

އެ ދެ ތަރިންގެ ކައިވެނި އޮތީ މުމްބާއީގެ ޕަލީ ހިލްސްގައި ހުންނަ ރަންބީރުގެ "ވާސްތޫ" އެޕާޓްމަންޓްގައެވެ. އެ ހަފްލާގެ ފޮޓޯތައްކަމަށް ބުނެ މީސްމީޑިއާގައި މިހާރުދަނީ ފޮޓޯތަކެއް ވެސް ދައުރުވަމުންނެވެ.

އަދި އިންޑިއާގެ ނޫސްތަކުން ވެސް ދަނީ ލައިވްކޮށް މި މައުލޫމާތުތައް ހާމަ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ، ރައްޓެހިންނާއި އާއިލާގެ މީހުންގެ ހާޒިރުގައި އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނި ވަނީ ކޮށްފައިކަމަށެވެ. މި ދެތަރިން ކައިވެނިކޮށްފައި ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ ކައިވެނި ކުރާނެ ތާރީހުތައް މީޑިއާތަކުން އާންމުކޮށްފައި ވަނިކޮށެވެ.

މި ހަފުލާގައި ބައިވެރިވި ތަރިންނަށް ބަލާއިރު ފިލްމީ އާއިލާއަށް ނިސްބަތްވާ ރަންބީރުގެ ދައްތަ، ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރް ފަދަ ތަރިން ވެސް ހިމެނެއެވެ. އަދި ފިލްމީ ދާއިރާއަށް ނިސްބަތް ނުވާ، އާލިއާގެ އެންމެ ގާތް އެކުވެރިޔާ އަނުޝްކާ ރަންޖަން ވެސް އެ ކައިވެނީގައި ބައިވެރިވިއެވެ.

ގާތްގަނޑަކަށް ތިން އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު، އާލިއާ އާއި ރަންބީރް ކައިވެނިކުރިއިރު، ކައިވެނީގެ ކުރިން އިންޑިއާގެ ސަގާފަތާ އެއްގޮތަށް ބާއްވާ މެހެންދީ އާއި ހަލްދީ ހަފުލާތައް ވެސް އިއްޔެވަނީ ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން