އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ލޯބިވެރިޔާ އަދި ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީ، ރިހާނާއަށް ބޭވަފާތެރިވިކަމަށް ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ.

އެގޮތުން އޭސެޕް ރޮކީގެ ދަރިއަކަށް މިހާރު ބަލިވެއިން ރިހާނާ އާއި ދެމީހުން ވަކިވެފައިވާކަމަށްވެސް ދަނީ ވާހަކަ ފެތުރެމުންނެވެ.

އޭސެޕް ރޮކީ ބޭވަފާތެރިވިކަމުގެ ތުހުމަތުތަކެއް ކުރެވެންފެށީ ފެޝަން އިންފްލުއެންސަރއެއް އޭސެޕް ރޮކީގެ ހަގީގަތް ފަޅާއަރުވާލުމުންނެވެ. އެގޮތުން އޭސެޕް ރޮކީ ފައިވާން ޑިޒައިން ކުރާ މަޝްހޫރު ފަރާތަކާއިއެކު ސިއްރު ގުޅުމެއް ހިންގަނިކޮށް ފަޅާއަރާފައިވާކަމަށް ބުނެއެވެ. އަދި މިދެ މީހުންނަކީ މީގެ ކުރިންވެސް ލޯބީގެ ގޮތުން ގުޅުމެއް އޮތް ދެމީހުންކަމަށްވެސް ވެއެވެ.

މީގެއިތުރުން އޭސެޕް ރޮކީ ސިއްރު ގުޅުން ހިންގި ފައިވާން ޑިޒައިނަރަކީ ރިހާނާގެ ފެޝަން ބްރޭންޑް ފެންޓީ ގެ ފައިވާން ޑިޒައިނަރެއްކަމަށްވެސްވެއެވެ.

ނަމަވެސް މިދެތަރިންގެ ޓީމަކުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރިހާނާ އަދި އޭސެޕް ރޮކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީންކޮށްދީފައިވަނީ މިދިޔަ އަހަރުއެވެ. އަދި މިދެތަރިންނަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްދިނީ މިއަހަރުގެ ކުރީކޮޅު ނިއުޔޯކް ސިޓީގެ ފިނި މަގުތަކުމަތީގައި ކުރިއަށްދިޔަ ފޮޓޯ ޝޫޓަކާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން