ކަންނައްޑާ ބަހުން ރިލީޒްކޮށްފައިވާ ފިލްމު "ކޭޖީއެފް ޗެޕްޓަރ 2" ރިލީޒް ކުރިތާ ދެދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ކޭޖީއެފް ޗެޕްޓަރ 2 ރިލީޒް ކުރިތާ ދެދުވަހުގެ ތެރޭގައި ބޮކްސް އޮފީހުން ގާތްގަނޑަކަށް 99 ކަރޯޑް ރުޕީޒްގެ ފައިދާ ވަނީ ލިބިފައެވެ. މިއާއެކު މިފިލްމު ވަނީ އިންޑިއާގެ ފިލްމެއް ރިލީޒް ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމު ތަކުގެ ލިސްޓުގައިވެސް ހިމެނިފައެވެ. ކޭޖީއެފް ޗެޕްޓަރ 2 އާއެކު ދެން މިލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ އާރްއާރްއާރް އަދި ފިލްމް ބަހޫބަލީ 2 އެވެ.

މިފިލްމުގައި ކަންނައްޑާ ފިލްމު ތަކުން މަޝްހޫރުކަމެއް ލިބިފައިވާ ޔަޝްގެ އިތުރުން، ސަންޖޭ ދަތާއި، ސްރިނިދީ ޝެއްޓީ އަދި ރަވީނާ ޓަންޑަން ފަދަ ތަރިން ފެނިގެންދެއެވެ. ކަންނައްޑާ ބަހުން ރިލީޒް ކުރި މިފިލްމު ވަނީ ޓެލެގޫ، ހިންދީ، ޓަމިލް އަދި މަލަޔާލަމް ބަހުން ވެސް ޑަބްކޮށް ރިލީޒްކޮށްފައެވެ.

މިފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން