މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފިރިހެން ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވެއްޖެއެވެ.

ދަރިފުޅު މަރުވެފައިވާކަން ރޮނާލްޑޯ ވަނީ ދާދި ދެންމެއަކު އޭނާ ކުރި ޓްވީޓެއްގައި ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ދަރިފުޅު މަރުވީ ސީދާ ވިހެއުމުގެ ތެރޭގައި ކަމެއް ނޫނީ ވިހެއުމަށްފަހު ކަމެއް އޭނާގެ ޓްވީޓްގައި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ރޮނާލްޑޯގެ ފިރިހެން ދަރިފުޅު މަރުވެފައިވަނީ ވިހެއުމުގެ ތެރޭގައި ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖިއާނާ ރޮޑްރިގޭޒް ޓުވިންސްއަކަށް ބަނޑުބޮޑުކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިއެވެ. ފިރިހެން ދަރިފުޅު މަރުވި ނަމަވެސް ދެން ލިބުނީ އަންހެން ދަރިފުޅެއް ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅުކަން ރޮނާލްޑޯގެ ޓުވީޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ވިހެއުމުގެ އެންމެހާ ކަންކަމުގައި ޑޮކްޓަރުންނާއި ނަރުހުން ބެހެއްޓި ގާތްކަމާ ދިން އެހީތެރިކަމަށް އޭނާވަނީ ޝުކުރު އަދާކޮށްފައެވެ. ރޮނާލްޑޯއަކީ މިހާރުވެސް 4 ކުދިންގެ ބައްޕައެކެވެ. އެގޮތުން އެންމެ ފަހުންވެސް އޭނާއާއި ލޯބިވެރިޔާ ޖޯޖިއާނާއަށް ލިބިފައިވަނީ ޓުވިންސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން