ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އައިއެސްއޯ ސެޓިފައިޑް ކުންފުންޏެއްގެ ގޮތުގައި ބަލައިގެންފިއެވެ.
އެޗްޑީސީން މިއަދު ބުނީ، އެ ކުންފުނި އައިއެސްއޯ 9001:2015 އަށް ފެތޭކަމަށް ނިންމާ އެކަމުގެ ސެޓިފިކޭޝަން ލިބިފައިވާކަމަށާއި އެ ކުންފުނީގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ފަރުމާ ކުރެވިފައިވަނީ ކަސްޓަމަރުންގެ އުންމީދުތައް ފުރިހަމަ ކުރުމުގެ އިތުރުން އެކަންކަން ރެގިއުލޭޓު ކުރުމުގެ މަސައްކަތް ވެސް ފުރިހަމައަށް އަދާކުރެވޭ ގޮތަށް ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ، އައިއެސްއޯ ސްޓޭންޑަރޑަށް ކުންފުނީގެ މަސައްކަތްތައް ބައްޓަން ކުރެވުމުން، އެކަމުގެ ފައިދާ ކުރިޔަށް އޮތްތަނުގައި އެކި ގޮތްގޮތުން ފެންނަމުން ދާނެކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ މަސައްކަތްތައް ހަރުދަނާވެ ކުންފުނީގެ ޕާފޯމަންސް މަތިވެ އަދި ކަސްޓަމަރުންގެ އުންމީދުތައް ފުރިހަމަ ވެގެން ދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީއަށް އައިއެސްއޯ ސެޓްފިކެޓް ހަވާލު ކޮށްފައިވަނީ އެކަމަށްޓަކައި މިއަދު އެ ކުންފުނީގެ ހެޑްއޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
އެޗްޑީސީއަކީ، މާލެ ސަރަހައްދުގެ ބޯހިޔާވަހި ކަމާއި ގުޅޭ ކަންކަން ކުރިއަށްގެންދިއުމުގެ އިތުރުން ޚާއްސަކޮށް ހުޅުމާލެ ތަރައްގީކޮށް ހުޅުމާލޭގެ މުނިސިޕަލް ކަންކަން ހިންގާ ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ހުޅުމާލެ އަކީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއިއެކު ތަރައްގީވެފައިވާ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ޑިޖިޓަލް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަށް އެ ކުންފުނިން ގާއިމު ކުރަމުންދާ އެކިއެކި ވަސީލަތްތައް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު