ރަންބީރާއި އާލިއާ ބަޓްގެ ބްރައިޑްސްމެއިޑުން.
ރަންބީރާއި އާލިއާ ބަޓްގެ ބްރައިޑްސްމެއިޑުން.
ބޮލީވުޑް ގެ ކާމިޔާބު ދެތަރިންކަމަށްވާ އާލިއާ ބަޓާއި ރަންބީރް ކަޕޫރުގެ ކައިވެނީގެ ހަފްލާއެއްގެ ތެރެއިން އާލިއާ ބަޓްގެ ބްރައިޑްސްމެއިޑުން 11.5 ކަރޯޑް ރުޕީޒް ދިނުމަށް ރަންބީރަށް ޑިމާންޑު ކުރިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އާލިއާ ބަޓްގެ ބްރައިޑްސްމެއިޑުން މިހާ ބައިވަރު ފައިސާއަށް އެދިފައިވަނީ، އިންޑިއާގެ ކައިވެނި ހަފްލާތަކުގައި އާންމުކޮށް ކުރާކަމެއްކަމަށްވާ ކައިވެނި ކުރާ ފިރިހެންމީހާގެ ފައިވާން ފޮރުވުމުގެ ހަރަކާތުގެ ތެރެއިންނެވެ. ނަމަވެސް ފަހުން ރަންބީރާއި ބްރައިޑްސްމެއިޑުން ވަނީ 11 ކަރޯޑް ރުޕީޒްއިން 1 ލައްކަ ރުޕީޒް ދިނުމަށް އެއްބަސްވެފައެވެ.

އެގޮތުން އާންމުކޮށްފައިވާ ކައިވެނީގެ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއްގައި މިފައިސާ ދިނުމަށް އެއްބަސްވެފައިވާ ކަމުގެ ލިޔުމެއް ރަންބީރާއި އާލިއާ ބަޓްގެ ބްރައިޑްސްމެއިޑުން ހިފަހައްޓައިގެން ހުންނަތަން ފެނިގެންދެއެވެ.

ގިނަބަޔަކު އިންތިޒާރު ކުރަމުންދިޔަ ބޮލީވުޑްގެ ކައިވެނިތަކުގެ ތެރޭގައި ހިމެނޭ، ރަންބީރް ކަޕޫރާއި އާލިއާ ބަޓް ކައިވެނިކޮށްފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ. ރައްޓެހިންނާއި އާއިލާގެ މީހުންގެ ހާޒިރުގައި އާލިއާ ބަޓާއި ރަންބީރު ކަޕޫރު ކައިވެނި ކޮށްފައިވަނީ މުމްބާއީގައި ހުންނަ ރަންބީރް ކަޕޫރްގެ އާއިލީ ގޭގައެވެ. މިއީ ރަންބީރު ބައްޕަ އާއި މަންމަ، ރިޝީ ކަޕޫރާއި ނީތޫ ކަޕޫރްވެސް ކައިވެނިކުރި ގެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ތަކަތުވާ

21-Apr-2022

ޢެކަމަކު އާލިޔާ ބުނީ ރަންބީރުގެ ގޭގަ ކަމަށް ކައިވެނި ކުރީ އެއީ ފަސްއަހަރުވަންދެން އެމީހުން އެކުގަ އުޅުނު ގޭގެ ބެލްކަނީގަޔޯ ކައިވެނި ކުރީ



ޓްރެންޑިން