ބޮޑެތި ސަހަރާ ސަރަޙައްދު ތަކުގައި ދިރިއުޅޭ މީހުންނަށް ރަމަޟާން މަސް ކުރިމަތި ވަނީ ހޫނު މޫސުމާއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް ރޯދަ ހިފަން ވަރަށް ދަތިވެއެވެ. ބައެއް ފަހަރަށް ރޯދަ ހިފުމަކީ މުސްތަޙީލު ކަމަކަށްވެއެވެ. މިގޮތަށް އެތައް އަހަރަކު ވިދިވިދިގެން މިބައިމީހުންނަށް ދިމާވެދެއެވެ. މިބައި މީހުން ރޯދަ ހިފާނީ ކިހިނަކުންތޯއެވެ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد
ރަމަޟާން މަހާއި ބައްދަލުވެއްޖެ ބާލިޣްވެފައިވާ ބުއްދި ހަމަޖެހޭ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ވެގެން ވަނީ އެމައްސަރުގައި ރޯދަ ހިފުމެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) މާނައަކީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!"
އެހެންކަމުން، ކިތަންމެ ހޫނު ގަދަ ނަމަވެސް ރޯދަ ހިފަން ޖެހޭނެއެވެ. ސަބަބަކީ ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ރޯދަ އަށް ހުއްޓާ ފެންބޮވައިގަނެގެންގޮސް، ފެން ނުބޮއިފިނަމަ، ގެއްލުމެއް ވެދާނެ ކަމަށް ބިރު ހީވެއްޖެ މީހާ ރޯދަ ދޫކޮށްލުން ހުއްދަ އެވެ. އަދި އެދުވަހެއްގެ ރޯދަ އެހެން ދުވަހަކުން ގަޟާ ކުރާނީއެވެ. والله أعلم
ރޯދަ ފާސިދުވާ ކަންތައްތައް
ރޯދަ ފާސިދުވާ ކަންތައްތައް ކުރުގޮތަކަށް ބުނެދެއްވަ ފާނަންތޯ؟

ރޯދަ ހިފުން ފަރްޟު ކުރައްވާފައިވަނީ ޙިކްމަތުން ފުރިފައިވާ ގޮތަކަށެވެ. ރޯދަވެރިޔާ އަށް އަމުރުވެވިގެން ވަނީ މުޢްތަދިލް ނުވަތަ މެދު މިންގަނޑެއްގައި ހިފެހެއްޓުމަށެވެ. ރޯދައިގެ ސަބަބުން އެމީހަކަށް ގެއްލުމެއް ލިބިގެންނެއްވެސް ނުވާނެއެވެ. އަދި ރޯދަ ގެއްލޭ ފަދަ އެއްޗެއް ބޭނުންކޮށްގެން ވެސް ނުވާނެއެވެ.
އެހެންކަމުން، ރޯދަ ގެއްލޭ ކަންތައްތައް ދެބަޔަކަށް ބެހިގެންވެއެވެ.
1. ހަށިގަނޑުން ބަޔެއް ބޭރުވުމުން ރޯދަ ގެއްލުން، މިޘާލަކަށް ޖިމާޢުވުމުން، ހޮޑުލުމުން، ޙައިޟުވުމުން ނުވަތަ ކަވާ ޖެހުމުގެ ސަބަބުން ހަށިގަނޑުން ލޭ ފޭބުމެވެ. މިފަދަ ކަންތައް ތަކުގެ ސަބަބުން ހަށިގަނޑުން ލޭ ފޭބުމަކީ ހަށިގަނޑު ބަލިކަށިކޮށްލާ ކަމެކެވެ. އެހެންކަމުން، މިކަންތައް ތަކަކީ ރޯދަ ފާސިދުވާ ކަންތައް ތަކެއްގެ ގޮތުގައި ﷲ ތަޢާލާ ވަނީ ލައްވާފައެވެ. ރޯދަ އަށް ހުރުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ވަރުބަލިކަމުގެ އިތުރުން ލޭ ފޭބުމުގެ ސަބަބުން އިތުރު ވަރުބަލި ކަމެއް ލިބި، ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައެވެ.
2. ރޯދަ ގެއްލޭ ކަންތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ކެއުން ބުއިމުން ބަނޑު ފުރާލުމެވެ. ރޯދަ އަށް ހުރެ ކައި ބޮއި ހެދުމަކީ އެޙިކްމަތަކަށް ޓަކައި ރޯދަ ޝަރްޢު ކުރެއްވުނު ކަންތަކާ ފުށޫ އަރާ ކަމެކެވެ.
ރޯދަ ގެއްލޭ މައިނގަޑު ކަންތައްތައް ބަޔާން ކުރައްވާ ސޫރަތުލް ބަގަރާގެ 187 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّـهُ لَكُمْ ۚ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ) މާނައަކީ: " ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: جماع ވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! فجر ގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ."
މި އާޔަތުގައި މިވަނީ ރޯދަ ގެއްލޭ މައިނގަޑު ކަންތައްތައް ކަމުގައިވާ ކެއުން ބުއިމާއި ޖިމާޢުވުން ބަޔާން ކުރައްވާފައެވެ. މިނޫން ރޯދަ ގެއްލޭ ކަންތައްތައް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ސުންނަތުގައި ވަނީ ބަޔާން ކުރައްވާފައެވެ.
ރޯދަ ގެއްލޭ ނުވަތަ ފާސިދުވާ ކަންތައްތައް ހަތެކެވެ. އެއީ:
1. ޖިމާޢުވުން.
2. އަމިއްލަ އަށް މަނި ބޭރުކުރުން.
3. ކެއުން ބުއިން.
4. ކެއުން ބުއިމުގެ މާނާގައި ހިމެނޭ ކަންތައްތައް ކުރުން.
5. ގަޞްދުގައި ހޮޑުލުން.
6. އަންހެނަކު ޙައިޟު ނިފާސްވުން.
7. ކަވާ ޖެހުމުން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުން ލޭ ނެރެލުން.
ރޯދަ ގެއްލޭ ފުރަތަމަ ކަމެއްގެ ގޮތުގައި މިއޮތީ ޖިމާޢު ވުމެވެ. މިއީ ރޯދަ ގެއްލޭ އެންމެ ބޮޑު ކަންތަކެވެ. އަދި އެންމެ ފާފަ ބޮޑުވެސް ކަންތަކެވެ. އެހެންކަމުން، އަމިއްލަ އިޚްތިޔާރުގައި ގަޞްދުގައި ރަމަޟާން މަހު ދުވާލު ޖިމާޢުވެއްޖެ މީހާގެ ރޯދަ ފާސިދުވާނެއެވެ. ޖިމާޢުވުމުގެ ސަބަބުން މަނި ބޭރުވިޔަސް ނުވިޔަސްވެހެވެ. އެފަދަ މީހާ ތައުބާވާން ޖެހޭނެއެވެ. އަދި އެދުވަހުގެ ބާކީ ބައިގާ އެއްޗެއް ކައިބޮއި ހަދައިގެންވެސް ނުވާނެއެވެ. އަދި ފަހުން އެރޯދަ ގަޟާކޮށް، މުޣައްލަޡާ ކައްފާރާ ދޭން ޖެހޭނެއެވެ. އޭގެ ދަލީލަކީ މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރިވާ ކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ. بينا نحن جلوس عند النبي صلى الله عليه وسلم إذا جاءه رجل فقال : يا رسول الله هلكت ، قال : ما لك ؟ قال : وقعت على امرأتي وأنا صائم ، فقال رسول الله صلى الله عليه وسلم : هل تجد رقبة تعتقها ؟ قال : لا ، قال : فهل تستطيع أن تصوم شهرين متتابعين ؟ قال : لا ، قال : فهل تجد إطعام ستين مسكينا ؟ قال : لا ، قال : فمكث النبي صلى الله عليه وسلم فبينا نحن على ذلك ، أتي النبي صلى الله عليه وسلم بعرق فيها تمر - والعرق المكتل – قال : أين السائل ؟ فقال : أنا ، قال : خذ هذا فتصدق به ، فقال الرجل : على أفقر مني يا رسول الله ؟ فوالله ما بين لابتيها - يريد الحرتين - أهل بيت أفقر من أهل بيتي ، فضحك النبي صلى الله عليه وسلم حتى بدت أنيابه ، ثم قال : أطعمه أهلك ) މާނައަކީ: "ތިމަންމެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އިށީނދެ ތިއްބާ މީހަކު އައިސް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންނާ ހަލާކު ވެއްޖެއެވެ." ޙަދީޘް ކުރެއްވިއެވެ. "ތިބާ އަށް ކިހިނެއް ވީ ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ތިމަންނާ ރޯދަ އަށް ހުރެ އަނބިމީހާ އާއި އެކު ޖިމާއު ވެއްޖައީމެވެ." ޙަދީޘް ކުރެއްވިއެވެ. "އަޅަކު މިނިވަން ކުރުމުގެ ކުޅަދާނަކަން އެބަހުރި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ހަދީޘް ކުރެއްވިއެވެ. "ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފިދާނެ ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ޙަދީޘް ކުރެއްވިއެވެ. "ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމުގެ ކުޅަދާނަކަން އެބަހުރި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ނޫނެކެވެ." ދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުކޮޅަކު ހަނު ހުންނެވުމަށްފަހު ކަދުރު އޮފި ކޮޅެއް ގެންނަވައި ޙަދީޘް ކުރެއްވިއެވެ. "ސުވާލު ކުރި މީހާ ކޮބައި ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ތިމަންނާއެވެ." ޙަދީޘް ކުރެއްވިއެވެ. "މިކަދުރު އޮފި ކޮޅު ހިފައިގެން ގޮސް، މިއިން ޞަދަގާތް ކުރާށެވެ." އެމީހާ ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންނާ އަށް ވުރެ ފަގީރު މީހަކަށް ހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. ތިމަންނަގެ އަވަށުގައި ތިމަންނާގެ ގެއަށްވުރެ ފަގީރު ގެއެއް ނުވެއެވެ." އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެދު ދެދަތްޕުޅު ފެންނަ ވަރަށް ހިނިފުޅު ވަޑުވާފައި ޙަދީޘް ކުރެއްވިއެވެ. "ތިބާގެ ގޭގެ އަހްލުވެރިންނަށް ކާންދޭށެވެ."
ޖިމާޢު ވުން ފިޔަވާ ރޯދަ ގެއްލޭ ފަދަ އެހެން ކަމެއް ކުރުމަކުން ކައްފާރާ ދޭކަށް ނުޖެހޭނެއެވެ.
ރޯދަ ގެއްލޭ ދެވަނަ ކަމަކީ އަމިއްލަ އަށް މަނި ބޭރުކުރުމެވެ. އެއީ އަތުން ވިޔަސް ނުވަތަ ޝަހްވާނީ ޚިޔާލުތައް ހިތްމައްޗަށް ގެނައުމުގެ ސަބަބުން ނަމަވެސް އެވެ. ގުދްސިއްޔަ ޙަދީޘެއްގައި ރޯދަވެރިޔާ އާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. (يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي ) رواه البخاري (1894) ومسلم (1151) . މާނައަކީ: "އޭނާގެ ކެއުން ބުއިމާއި ޝަހްވަތު ދޫކޮށްލައިގެން ހުރީ ތިމަން ﷲ އަށް ޓަކައެވެ." އެހެންކަމުން، މަނި ބޭރުކޮށްލުމަކީ ރޯދަ ގެއްލޭނެ ކަމެކެވެ.
ރަމަޟާން މަހު ދުވާލު މަނި ބޭރުކޮށްފި މީހާ ﷲ އަށް ތައުބާވާން ޖެހޭނެއެވެ. އަދި އެދުވަހުގެ ބާކީ ބައިގާ ކައިބޮއި ހަދައި ރޯދަ ގެއްލޭ ފަދަ އެހެން ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ފަހުން އެދުވަހުގެ ރޯދަ ގަޟާ ކުރަން ޖެހޭނެއެވެ. މަނި ބޭރުކުރަން ފަށާ، ބޭރުވުމުގެ ކުރިން ހުއްޓާލައިފިނަމަ، އެމީހެއްގެ މައްޗަށް ވާޖިބު ވެގެން ވަނީ ތައުބާ ވުމެވެ. މަނި ބޭރުވެފައި ނުވާތީވެ، ރޯދަ އެއް ނުގެއްލޭނެއެވެ.
މަޛްޔު އަދި ވަދްޔު ބޭރުވުމަކުން ރޯދަ އެއް ނުގެއްލޭނެއެވެ.
ރޯދަ ގެއްލޭ ތިންވަނަ ކަމަކީ ކެއުން ބުއިމެވެ. އެއީ ހަށިގަނޑަށް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ފޯރު ކުރުމެވެ. އެއީ އަނގަޔަށް ލައިގެން ނަމަވެސް ނުވަތަ ނޭފަތަށް ހޮޅިއެއް ލައްވައިގެން ނަމަވެސް އެވެ.
ރޯދަ ގެއްލޭ ހަތަރުވަނަ ކަމަކީ ކެއުން ބުއިމުގެ މާނާގައި ހިމެނޭ ކަންތައް ތަކެވެ. މީގައި ދެކަމެއް ހިމެނިގެންވެއެވެ.
1. ހަށިގަނޑަށް ލޭގުޅުން، މިޘާލަކަށް ދިމާވި ކަމަކުން ހަށިގަނޑުން ލޭ މަދުވުމުގެ ސަބަބުން ލޭ ގުޅައިފިނަމަ ރޯދަ ގެއްލޭނެއެވެ. ސަބަބަކީ އެއީ ކެއުން ބުއިމުގެ މާނާގައި ހިމެނޭ ކަމަކަށް ވުމެވެ.
2. ކާންދިނުމަށް ނުވަތަ ހަށިގަނޑުގައި ވަރުޖެއްސުމަށް ބޭނުން ކުރާ އިންޖެކްޝަން ފަދަ ތަކެތިންވެސް ރޯދަ ގެއްލޭނެއެވެ. ނަމަވެސް ހަށިގަނޑުގައި ވަރުޖެއްސުމަށް ނޫން ގޮތަކަށް ޖަހާ އިންޖެކްޝަން، މިޘާލަކަށް ވެކްސިން ފަދަ ތަކެތިން ރޯދަ ނުގެއްލޭނެ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އައްޝައިޚް މުޙައްމަދު އިބްރާހީމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ނަމަވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ ރޭގަނޑުގެ ވަގުތުގައި މިފަދަ އިންޖެކްޝަންތައް ބޭނުން ކުރުމެވެ.
ރޯދަ ގެއްލޭ ފަސްވަނަ ކަމަކީ: ކަވާ ޖެހުމުގެ ސަބަބުން ހަށިގަނޑުން ލޭ ބޭރުކުރުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (أَفْطَرَ الْحَاجِمُ وَالْمَحْجُومُ) މާނައަކީ: "ކަވާ ޖަހައިދޭ މީހާ އާއި ޖަހައިދެވުނު މީހާގެ ރޯދަ ގެއްލިއްޖެއެވެ."
ކަވާ ޖެހުމުގެ މާނައިގެ ތެރޭގައި ލޭ ހަދިޔާ ކުރުންވެސް ހިމެނޭނެއެވެ. ސަބަބަކީ ލޭ ހަދިޔާ ކުރުމުންވެސް ކަވާޖެހުމެކޭ އެއްފަދައިން ހަށިގަނޑަށް އަޘަރުތަކެއް ކުރުވާތީވެއެވެ. އެހެންކަމުން، ކޮންމެހެން ޟަރޫރީ ވެގެން މެނުވީ ރަމަޟާން މަހު ދުވާލު ލޭހަދިޔާ ނުކުރުން ހުއްޓެވެ. އޭގެ ބަދަލުގައި ރޭގަނޑު އެކަން ކުރުން ރަގަޅެވެ.
މީހަކަށް ލިބުނު އަނިޔާ އެއްގެ ސަބަބުން ލޭ އޮހޮރުމަކުން ރޯދަ ނުގެއްލޭނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ސަބަބަކީ އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރި ކަމަކަށް ނުވުމެވެ.
ދަތެއް އުފުރުމުގެ ސަބަބުން، ނުވަތަ ތަނެއް ކަނޑައިގެން ދިޔުމުގެ ސަބަބުން، ނުވަތަ ތަޙްލީލު ކުރުމަށް ލޭނެގުމުގެ ސަބަބުން ލޭއައުމަކުން ރޯދަ އެއް ނުގެއްލޭނެއެވެ. ސަބަބަކީ އެއީ ކަވާ ޖެހުން ނުވަތަ އޭގެ މާނާގައިވެސް ހިމެނޭ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ހަށިގަނޑަށް ނިކަމެތި ކަމެއްވެސް ނުލިބެއެވެ.
ރޯދަ ގެއްލޭ ހަވަނަ ކަމަކީ: ގަޞްދުގައި ހޮޑު ލުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ ، وَمَنْ اسْتَقَاءَ عَمْدًا فَلْيَقْضِ ) رواه الترمذي (720) صححه الألباني في صحيح الترمذي (577) . މާނައަކީ: "ހޮޑުލެވުނު މީހާގެ މައްޗަށް ރޯދަ ގަޟާ ކުރުމެއް ނެތެވެ. ގަޞްދުގައި ހޮޑުލައިފި މީހާ ރޯދަ ގަޟާ ކުރާ ހުށި ކަމެވެ."
ރޯދަ ގެއްލޭ ހަތްވަނަ ކަމަކީ: ޙައިޟު ނިފާސް ކަމުގެ ލޭ ބޭރުވުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ وَلَمْ تَصُمْ) رواه البخاري (304) މާނައަކީ: "އެކަނބަލުން ޙައިޟުގެ ދުވަސްވަރުގައި ނަމާދާއި ރޯދަ ދޫކޮށް ނުލާ ހެއްޔެވެ؟" އެހެންކަމުން، އިރުއޮއްސުމުގެ ކުޑަ ހިނދުކޮޅެއް ކުރިން ޙައިޟު ނިފާސް ކަމުގެ ލޭ ފެނުނު ކަމުގައިވީނަމަވެސް ރޯދަ ފާސިދުވާނެއެވެ.
އަންހެނަކަށް ޙައިޟުވާން އުޅޭ ކަމުގެ އިޙްސާސްތައް ކުރެވުނު ނަމަވެސް، އިރުއޮއްސުމަށްފަހުގައި މެނުވީ ލޭ ނުފެންނަ ނަމަ އެދުވަހެއްގެ ރޯދަ ޞައްޙަވާނެއެވެ.
އިސްވެ ބަޔާން ކުރެވުނީ ރޯދަ ފާސިދުވާ ކަންތައް ތަކެވެ. ޙައިޟު ނިފާސް ފިޔަވާ އެހެން ކޮންމެ ކަމަކުންވެސް ރޯދަ ފާސިދުވާނީ އަންނަނިވި ޝަރްޠު ތައް ހަމަވާނަމަ އެވެ.
1. އެނގި ހުރެގެން ކުރި ކަމެއް ކަމުގައިވުން.
2. ހަނދާން ހުރެގެން ކުރި ކަމެއް ކަމުގައިވުން.
3. މީހެއްގެ މަޖްބޫރީ އެއް ނެތި އަމިއްލަ އިޚްތިޔާރު ގައި ކުރި ކަމެއް ކަމުގައިވުން. والله أعلم

ކިޔުންތެރިންގެ ހިޔާލު