ބީޓީއެސްގެ ލަވަކިޔުންތެރިޔާ، ކިމް ޓައިހިޔުންގް ނުވަތަ ސްޓޭޖް ނަމުންނަމަ "ވީ"
ބީޓީއެސްގެ ލަވަކިޔުންތެރިޔާ، ކިމް ޓައިހިޔުންގް ނުވަތަ ސްޓޭޖް ނަމުންނަމަ "ވީ"
އިންސްޓަގްރާމްގައި އެންމެ އަވަހަށް 40 މިލިއަން ފޮލޯވަރުން ލިބުނު ސެލެބްރިޓީއަކަށް ބީޓީއެސްގެ ވީ ވެގެންގޮސްފިއެވެ.

މަޝްހޫރު ކޭޕޮޕް ބޭންޑް، ބީޓީއެސްގެ ލަވަކިޔުންތެރިޔާ، ކިމް ޓައިހިޔުންގް ނުވަތަ ސްޓޭޖް ނަމުންނަމަ "ވީ" އިންސްޓަގްރާމް އެކައުންޓެއް ހުޅުވައިފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އޭނާއަށް އިންސްޓަގްރާމްގައި އެންމެ އަވަހަށް 40 މިލިއަން ފޮލޯވަރުން ލިބުނު ސެލެބްރިޓީއެއްގެ ލަގަބު ލިބިފައިވަނީ އޭނާގެ އިންސްޓަގްރާމް ހުޅުވިތާ 135 ދުވަހުގެ ތެރޭގައި 40 މިލިއަން ފޮލޯވަރުން ލިބުމުންނެވެ.

ވީގެ އިތުރުން ކޭޕޮޕް ބޭންޑް، ބީޓީއެސްގެ ބާކީ 6 މެމްބަރުންވެސް ވަނީ އިންސްޓަގްރާމްގައި އެކައުންޓްހުޅުވާފައެވެ. އެގޮތުން ވީ އާއި އެންމެ ގާތުން ދެން އެންމެ ގިނަ ފޮލޯވާސް އިންސްޓަގްރާމްގައި ލިބިފައިވަނީ ޖަންކޫކްއަށެވެ. އޭނާއަށް 37.8 މިލިއަން ފޮލޯވާރސް ލިބިފައިވެއެވެ.

2013 ވަނަ އަހަރު ވުޖޫދަށް އައި މި ބޭންޑަށް މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ލިބިފައިވާއިރު، ބީޓީއެސް އިން ދަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން އެތައް އެވަރޑަކާއިއެކު އެތައް ކާމިޔާބީއެއް ހާސިލުކުރަމުންނެވެ. 7 ޒުވާނުން ހިމެނޭ ކޭޕޮޕް ބޭންޑް ބީޓީއެސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާގެ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެމުންދާ މިއުޒިކް ގްރޫޕެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން