ދަޢުލަތުން އުޅެނީ ފިލްމެއްކުޅެންކަމަށް ބުނެ ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުލަތުން ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާގެ ދިފާޢީ ވަކީލް ޝަރީޢަތުގެ މަޖިލީހުގައި މިއަދު ނުރުހުން ފާޅުކޮށްފިއެވެ.
އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ އިބްތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. މޭރީގެ މަރުގެ މައްސަލާގައި ޙަލީމަތު ލަމްހާގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މި މައްސަލާގައި ހިމެނޭ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ އަޑުއެހުމުގައި ދަޢުލަތުންވަނީ ލަމްހާގެ މައްޗަށް ކުރާ ދައުވާ އިއްވާފައެވެ. އެގޮތުން ދަޢުލަތުން ތުހުމަތުކޮށްފައިވަނީ މޭރީ އަމިއްލައަށް މަރުވިކަން ދެއްކުމަށް ލަމްހާ ސީނެއް އުފައްދާފައިވާ ކަމަށެވެ. އަދި މާވިންގެ އެޕާޓްމަންޓަށް ލަމްހާ ވަދެފައިވާކަން ސިއްރުކުރުމަށްޓަކައި ފިންގަރ ޕްރިންޓް ފޮރުވުމަށް ލަމްހާ ޓީޝާރޓުގެ ބޭނުންކޮށްފައިވާ ކަމަށާއި، މާވިންއަށް އިޖެކްޝަން ޖަހަންވީ ގޮތުގެ އިރުޝާދުވެސް ދީފައިވާ ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.
ލަމްހާގެ ދިފާއީ ވަކީލު އަބްދުﷲ ޝާއިރާއި، އަޙްމަދު ޔާމީން މިއަދު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވީ، ދަޢުލަތުންކުރާ ދަޢުވާ ސާފުނުވާކަމަށާއި، ދަޢުވާއަށް އިންކާރުކުރާކަމަށެވެ. އޭގެއިތުރުން މާވިންގެ ދަރިފުޅުގެ ސައިކޮލޮޖިކަލް އެސެސްމަންޓާއި، މި މައްސަލައިގައި ހުށައަޅާ މޯބައިލް ފޮރެންސިކް ރިޕޯޓު ފަދަ ބައެއް ލިޔެކިޔުންތައް ދައުލަތުން އަދިވެސް ހުށަހަޅާފައި ނުވާތީ، މައްސަލާގައި ޖަވާބުދާރީވުމަށް ދަތިވެފައިވާކަމަށް ލަމްހާގެ ވަކީލުން ވަނީ ބުނެފައެވެ. އަދި މާވިންގެ ދަރިފުޅުގެ އެ ރިޕޯޓަކީ މުޅި މައްސަލައިގެ ދިފާއު ބިނާވެގެންދާނެ މުހިއްމު ރިޕޯޓެއްކަން ދިފާއުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ދިފާޢީ ވަކީލް ވިދާޅުވީ ލިޔެކިޔުންތައް ހުށަނޭޅި ދިގުލައިގެން ދިއުމަކީ ލަމްހާގެ އެތައް ޙައްޤެއް ގެއްލިގެންދާ ކަމެއް ކަމަށެވެ. އަދި މާވިންގެ ބަޔާނުގެ އެއްވެސް ތަނެއްގައި ލަމްހާ އެތަނަށް ވަދެ ކަމެއްކުރިކަމަށް ބުނެފައި ނުވާއިރު، ދައުލަތުން ތުހުމަތުކުރަނީ އެއްވެސް ޤަރީނާއެއް ނެތި، ލަމްހާ އެތަނަށް ވަދެ، ސީނެއް ކްރިއޭޓް ކުރިކަމަށް ކަމުގައި ވަކީލުން ވަނީ ބުނެފައެވެ. އޭގެ އިތުރުން ލަމްހާގެ ފަރާތުން އިންޖެކްޝަން ޖަހާނެ ގޮތުގެ އިރުޝާދު ދިންކަމަށް ބުނާއިރު މާވިން އަކީ ލަމްހާއަށްވުރެ ސީނިއަރ ނަރުހެއްކަން ދިފާޢުން ފާހަގަކުރިއެވެ.
ދަޢުލަތަށް ރައްދުދެމުން ލަމްހާގެ ވަކީލުން ބުނެފައިވަނީ، "މިއީ ކުޅޭ ކުޅިވަރެއް ނޫން ކަމަށާއި، ފިލުމު ކުޅުމުގެ ބަދަލުގައި ޝަރީއަތް އަވަހަށް ކުރިއަށް ގެންދަންޖެހޭ" ކަމަށެވެ. އޭގެ އިތުރުން ދަޢުލަތުން މަސައްކަތްކުރަނީ ނޫސްވެރިންނަށް ހެޑްލައިންތަކެއް ދިނުމަށް ކަމަށާއި، މައްސަލަ ދިގުދެމިގެންދިއުމަކީ ލަމްހާ އިތުރަށް ވިކްޓިމައިޒްވާނެ ކަމެއްކަން ދިފާޢުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ދައުލަތަށް ނުލިބިވާ މުހިންމު އެއް ލިޔުމަކީ މޭރީ އާއި މާވިންގެ ދަރިފުޅު މިހާރު ހުރި ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަައް މެދުވެރިކޮށް ހަދާ، މާވިން އާއި މޭރީގެ ދަރިފުޅު އޮލިވިއާ ގްރޭސްގެ ސައިކްލަޖިކަލް އެސެސްމެންޓެކެވެ. ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ ހާދިސާ ހިނގި އިރު އެ ކުއްޖާ ހުރީ ހާދިސާ ހިނގި ގޭތެރޭގައި ކަމަށެވެ. އަދި ކުއްޖާ ހުރީ ކޮޓަރި ތެރޭގައި ތަޅުލާފައި ކަމަށް މާވިން ބުނެފައިވާ ކަމަށް ނައުފަލް ވިދާޅުވި އެވެ. އަދި އެރިޕޯޓު އަވަސް ކުރުމަށްޓަކައި ފިލިޕީންސްގެ ޕްރޮސެކިއުޝަން އޮތޯރިޓީއާ މަޝްވަރާ ކޮށްގެން މަސައްކަތްތަކެއް ކުރެވެމުންދާކަން ދަޢުލަތުން ފާހަގަކުރިއެވެ.
އެހެންކަމުން މައްސަލަބައްލަވާ ޤާޟީ ހުސައިން ފާއިޒު ރަޝާދު ނިންމަވާފައިވަނީ ޝަރީއަތް ފެށުމަށްފަހު ހުށައެޅިނަމަވެސް، ހެކީގެ ގޮތުގައި އެލިޔުން ބަލައިނުގަތުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ލަމްހާ ބުނެފައިވަނީ އޭނާއަކީ ޑިސްކް-ޑީ ޖެނެރޭޓިވް ޑިސީސްއަށް ޑައިގްނޯސް ކޮށްފައިވާ މީހެއް ކަމަށެވެ. އަދި ޖަލުގެ ފާޚާނާތެރެއަށް ކަހާލައިގެން ވެއްޓިފައިވާ ކަމަށާއި ޖަލުގެ ކަންތައްތައް ހުރިގޮތުން ވަރަށް އުނދަގޫވާކަމަށް ލަމްހާ ބުންޏެވެ. އެގޮތުން ބަރު އެއްޗެހި ނުއުފުލަން ޑޮކްޓަރު އިރުޝާދު ދިން ނަމަވެސް ޖަލުގައި ކަންތައްތައް އިންޒާމްވެފައިހުރީ އެގޮތަށް ނޫންކަމަށް ލަމްހާ ވަނީ ބުނެފައެވެ.
ލަމްހާގެ މައްސަލާގައި އިތުރު އަޑުއެހުމެއް އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާނެކަމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ޤާޟީ ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އަންނަ އަންގާރަ ދުވަހު ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއް ބާއްވާނެ ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.
މޭރީގެ މަރުގެ މައްސަލައިގައި 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަލީމަތު ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދަޢުވާ އެވެ.
މީގެ ތެރެއިން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީ އެވެ.
ލަމްހާއަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކުރަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.
ލަމްހާއަށް ކުރާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު