ނެޓްފްލިކްސްގެ އެންމެ ގިނަބަޔަކު ބަލަމުންދާ ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އާލިޔާ ބަޓު ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު ގަންގޫބާއީ ކަތިއަވަޑި ހިމެނިގެންގޮސްފިއެވެ.

ސިނަމާތަކަށް ފުރަތަމަ ރިލީޒް ކުރި މިފިލްމުގެ ބޮޑު ކާމީޔާބީއަކާއެކު ނެޓްފްލިކްސްގައި މިފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ރިލީޒް ކުރިތާ ހަތަރު ވަނަ ދުވަހުވެސް މިފިލްމު ވަނީ ނެޓްފްލިކްސްގެ އެންމެ ގިނަބަޔަކު ބަލަމުންދާ ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް "މާފިޔާ ކުއީންސް އޮފް ބޮމްބޭ" ނަމުގައި ޝާއިޢުކޮށްފައިވާ ފޮތް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މިފިލްމަކީ ސަންޖޭލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މިފިލްމުގައި ގަންގޫބާއީގެ ރޯލުން ފެނިގެންދަނީ އާލިއާ ބަޓެވެ.

މިފިލްމު ފުރަތަމަ ސިނަމާތަކަށް ރިލީޒްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 25 ވަނަދުވަހުއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން