އެމެރިކާގައި ބައިނަލް އަގުވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އަޅަން، ބޮލީވުޑްގެ ކާމިޔާބު ތަރި ޝާހްރުކްޚާން އިންވެސްޓްކޮށްފިއެވެ.

އެމެރިކާގެ އަރވިން ސިޓީއާއި، މޭޖަރ ލީގް ކްރިކެޓް، އެމްއެލްސީ އަދި އިންޑިއާގެ ކްރިކެޓްގެ ދުނިޔޭގައި ނަންމަޝްހޫރު ނައިޓް ރައިޑަރސް ގްރޫޕް، ކޭއާރްޖީ އާއި ގުޅިގެން ކުރިއަށް ގެންދާ މިމަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާކަން އިއްޔެ ވަނީ ހާމަކޮށްފައެވެ. އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ގްރޭޓް ޕާކް ސަރަހައްދުގައި އަޅަން ހަމަޖެހިފައިވާ މި ކްރިކެޓް ސްޓޭޑިއަމް އަޅަނީ ގާތް ގަނޑަކަށް 7 ހެކްޓަރުގެ ބޮޑު ބިމެއްގައެވެ.

މިކަމާ ބެހޭގޮތުން ވާހަކަދައްކަމުން ޝާހްރުކްޚާން ބުނީ އެމެރިކާގައި ކުރެވޭ މިއިންވެސްޓްމަންޓަކީ އެމެރިކާގައި ކްރިކެޓް ކުރިއަރުވަން އެހީތެރިވެދީ، ނައިޓް ރައިޑަރސް ގްރޫޕަކީ ބައިނަލް އަގުވާމީ ބްރޭންޑަކަށް ހެނދުމުގެ މަގުސަދުގައި ކުރާ މަސައްކަތެކެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް ބިނާކުރުމަކީ ކްރިކެޓް ކުރިއެރުވުމަށް ވަރަށްވެސް އުންމީދީ ކަމެއްކަމަށް ޝާހް ރުކް ޚާން ފާހަގަކުރިއެވެ.

ކްރިކެޓްގެ ދުނިޔޭގައި ނަންމަޝްހޫރު ނައިޓް ރައިޑަރސް ގްރޫޕް، ކޭއާރްޖީގެ އޯނަރުންނަކީ، ބޮލީވުޑްގެ ކާމިޔާބު ދެތަރިންކަމަށްވާ ޝާހްރުކްޚާން އަދި ޖޫހީ ޗާވްލާގެ އިތުރުން، އިންޑިއާގެ ވިޔަފާރިވެރިއެއްކަމަށްވާ ޖޭ މެހެތާއެވެ. މިގްރޫޕުން ވަނީ އެމެރިކާގެ މޭޖަރ ލީގް ކްރިކެޓް، އެމްއެލްސީ ކުރިއެރުވުމަށްވެސް އިންވެސްޓްކޮށްފައެވެ.

ކްރިކެޓްގެ ދުނިޔޭގައި ކުރިއަށްއޮތް އަހަރުތަކަކީ މުހިންމު އަހަރުތަކެެއްކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، 2024 ވަނަ އަހަރު އެމެރިކާ އަދި ވެސްޓް އިންޑީސް ގުޅިގެން ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކްރިކެޓަކީ އޮލިމްޕިކްސް 2028 ގައި ހިމެނޭނެ ކުޅިވަރެެއްކަމުގައި ހެދުމަށް ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން