އިންޑިއާގެ ވެޓެރަން އެކްޓަރ ދަރްމެންދްރަ ހާލުދެރަވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ހަބަރުތައް ބުނާގޮތުން، ދަރްމެންދްރަ ހާލުދެރަވެ އައިސީޔޫގައިވެސް ފަރުވާ ހޯދާފައިވާކަމަށާއި ނަމަވެސް މިހާރު އައިސީޔޫއިން ނެރެފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި އިތުރު އޮބްޒަރވޭޝަނަށް ހޮސްޕިޓަލުގައި ބާއްވާނެކަމަށްވެސް ވެއެވެ.
ނަމަވެސް ދަރްމެންދްރާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ކޮންސަބަބަކާހުރެ ކަމެއް ސާފުވެފައެެއް ނުވެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން ބަލިވެ އުޅުންކަމެއް ދަރްމެންދްރާގެ އާއިލާއިން އަދި ކަށަވަރުކޮށްދީފައެެއް ނުވެއެވެ.
އުމުރުން 86 އަހަރުގެ ދަރްމެންދްރަ ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު އޭނާ ދަނީ ހިންދީ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ކުރަމުންނެވެ. މިފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މިފިލްމުގެ ލީޑުން އާލިއާ ބަޓާއި ރަންވީރް ސިންގ ފެނިގެންދާއިރު، މިފިލްމުން ދަރްމެންދްރާ، ޖާޔާ ބައްޗަން އަދި ޝަބާނާ އަޒްމީވެސް ފެނިގެންދާނެއެވެ.
1960 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުތް ދަރްމެންދްރާ އަކީ މިހާރު އިންޑިއާގެ ލެޖެންޑަރީ އެކްޓަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކާމިޔާބު އެކްޓަރެކެވެ. އޭނާ ވަނީ އެކްޓް ކުރުމުގެ އިތުރުން އެތައް ފިލްމެއްގެ ޕްރޮޑަކްޝަންގެ މަސައްކަތުގައިވެސް ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު