ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ އިސް މަގާމަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ހަމަޖައްސައިފިއެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އަކްރަމް ހަމަޖައްސާފައިވަނީ ސްޓެލްކޯގެ ސޭލްސް ސެންޓަރުގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމަށްކަމަށެވެ. އަދި އޭނާ އެމަގާމަށް އައްޔަންކުރީ އިންޓަވިއުއިން ފާސްވެގެން ކަމަށާއި މި ހަފުތާގައި އަކްރަމް ވަނީ މަސައްކަތަށް ނުކުމެވަޑައިގަންނަވަން ފައްޓަވާފައިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަކްރަމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން ބިޒްނަސް މެނޭޖްމަންޓުން މާސްޓާސް ހާސިލްކުރައްވައިފައެވެ.

ސްޓެލްކޯގެ އިސް މަގާމަކަށް އަކްރަމް ހަމަޖެހިގެންދިޔައިރު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް މިހާރު ހުންނެވީ އަކްރަމާއެކު އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތްކުރެއްވި އެ ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފެވެ.

އަކްރަމް އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާދެއްވީ 2020 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން