ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ ސްޓައިޕެންޑް ނުލިބިގެން އެއްވެސް ދަރިވަރެއްގެ ފަރާތުން މައްސަލައެއް ހުށައަޅާފައި ނުވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިހެން ބުނެފައިމިވަނީ އޮސްޓްރޭލިއާގައި ކިޔަވާ ބައެއް ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން މީޑިއާއަކަށް މައުލޫމާތު ދެމުން މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި އެ މައްސަލަ ފެންމަތިވުމުން މިނިސްޓްރީން އެކަން ވަރަށް ގާތުން ބެލި ކަމަށެވެ.
ނަމަވެސް އެ ގައުމުގައި އަދި އެ ނޫން ވެސް ގައުމެއްގައި ކިޔަވާ ދިވެހި ދަރިވަރަކަށް މިހާތަނަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ސްޓައިޕެންޑް ނުލިބޭ އެއްވެސް ދަރިވަރަކު ހުރިތޯ އަދިވެސް ބަލާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު