މާލޭގައި ވައްކަމެއްގެ ތުހުމަތު ކުރެވުނު މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި އަދި އެފަދަ ނާތަހުޒީބު އަމަލުތައް ވީޑިއޯކޮށް ދައުރު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.
ރޭ ސޯޝަލް މީޑިއަަގައި އާންމު ވީޑިއޯއިން އެ މީހާ ބިންމައްޗަށް ވައްޓާލުމަށްފަހު ބިންމަތީގައި ދަމައި، އޭނާގެ އަތްމައްޗަށް ސޭފްޓީ ބޫޓަކުން އަރައި އަދި ތަޅައި އަނިޔާ ކުރުމަށްފަހު މޫދަށް އެއްލާލާ މަންޒަރު ފެނެއެވެ.
މިކަމާ ގުޅިގެން މިއަދު އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ވަނީ ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އެދިފައެވެ.
އަދި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށްވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްއާރުސީއެމުން ބުނީ ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ.
މިފަދަ މައްސަލަތަކުގައި އަމިއްލައަށް އިންސާފު ގާއިމް ކުރުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށާއި، އެފަދަ އަމަލުތަކުގެ ސަބަބުން ގާނޫނު ބާރު ކެނޑި އަދި ބަދަލު ހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.
އެޗްއާރްސީއެމުން ބުނީ އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތައް ފަތުރައި، އިޝްތިހާރު ކުރުމަކީ އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނ،ި އިންސާނީ ހަމްދަރުދީ ކެނޑިގެންދާނެ ކަމެއް ކަމުގައެވެ.
އެ ކޮމިޝަނުން ބުނީ އެފަދަ ހާލަތްތަކުގައި އެ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ކޮމިޝަނުން ވަނީ އެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ވެސް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.
ޖިނާއީ ނުވަތަ މަދަނީ ވިޔަސް މައްސަލަތަކުގައި ސުލްހަ އިސްކުރުމާ އެކު ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދަން އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވީނަމަވެސް، އެ އިދާރާގެ ސަމާލުކަމަށް އައުމުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު