މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން އިމާރާތް ކުރުމުގެ ދާއިރާއަށް 120 ދިވެހި މަސައްކަތުމީހުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން 120 ދިވެހި މަސައްކަތު މީހުން ހޯދުމަށް އިޢުލާނުކުރާ ކަމަށާއި، ނަމަވެސް މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަފްތާ އަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރާއި ބާރަ ގަޑިއިރާ ދެމެދު އަދާކުރަން ޖެހޭ މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި 10،300 ރުފިޔާ އާއި 13،700 ރުފިޔާ އާ ދެމެދުގެ އުޖޫރައެއް ލިބޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ވަޒީފާ ލިބޭ ފަރާތްތަކުން ވަޒީފާ އަދާކުރަން ޖެހެނީ އެމްޓީސީސީން ކަނޑައަޅާ ސައިޓެއްގައެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީކާޑު ކޮޕީ އާއި ގުޅުންހުރި ލިޔުންތަކާއެކު، އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައި މާދަމާ ހަވީރު 4 އިން 8 އަށް "ޖޮއިން އެމްޓީސީސީ"ގެ ނަމުގައި ކުރިއަށް ގެންދާ އޯޕަން ޑޭ އަށް ދިއުމަށް އެ ކުންފުނިން އެދެއެވެ.
މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. އިތުރު މަޢުލޫމާތު އެކުންފުނީގެ ހޮޓްލައިން 1650 ގުޅުއްވުމުން ލިބޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު