ދައުލަތް ހިންގަންޖެހޭނީ ސަރުކާރުން ވިޔަފާރި ކޮށްގެން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިއަދު ވިދާޅުވީ، ދައުލަތް ހިންގަން އާމްދަނީ ހޯދަންވާނީ ޓެކްސް ނަގައިގެން ކަމަށެވެ. އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އިބްރާ ވިދާޅުވީ ދައުލަތް ހިންގަންޖެހޭނީ އާންމު ވިޔަފާރިތައް ހުއްޓުވައި ސަރުކާރުން ވިޔަފާރިކޮށްގެން ނޫން ކަމަށެވެ. އަދި ސަރުކާރުން ޚިދުމަތް ފުޅާކުރަންވާނީ ލޯނު ފައިސާއިން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަން ކުރެއްވި އިބްރާ ވިދާޅުވިއެވެ.



"ޚިދުމަތް ފުޅާކުރަންވާނީ ލޯނު ފައިސާ އަކުން ނޫން، ލިބޭ އާމްދަނީ އަކުން ކޮންމެވެސް އިރަކުން މި ބޮކި ފެޅޭނެ." އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިބްރާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން