މެރިޓައިމް ސިނާއަތުގައި އަންހެނުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ގޮވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކަމަށް ގޮވާލާފައިވަނީ މެރިޓައިމް ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަސް ފާހަގަ ކުރަން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ނިންމުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. މެރިޓައިމް ދާއިރާގެ އަންހެނުންގެ ދުވަހުގެ ގޮތުގައި، ކޮންމެ މެއި މަހެއްގެ 18 ވަނަ ދުވަސް ފާހަަގަކުރުމަށް ވަނީ ނިއްމާފައެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އެކުލަވާލާ، މި ދާއިރާއާ ގުޅޭ ކަންކަމުގައި އަންހެނުންނަށް އިސްކަން ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އެ މިނިސްޓްރީގެ އަމާޒަކީ މެރިޓައިމް ސިނާއަތުގައި ޖެންޑާ އިމްބެލެންސް ނައްތާލާ މެރިޓައިމް ސިނާއަތަކީ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ދާއިރާއަކަށް ހެދުން ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ދާއިރާއަށް ވަނުމަށް އަންހެނުންނަށް ހުރި ހުރަސްތައް ގިރާކޮށް، އެ ދާއިރައިން އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ހުރިހާ ބައިވެރިންނަށް އެބަޔާނުގައި ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު