ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައި ބައެއް މީހުން ހައްޔަރުކޮށްފިއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް މިރޭ ފަށާފައިވަނީ ޕީޕިއެމް އޮފީސް ދޮރުމަތިންނެވެ. މިރޭގެ ހަރަކާތުގައި"އިންޑިއާ އައުޓް" ހަރަކާތް ރާވާ ހިންގާ ކަމަށް ބުނެ މިއަދު ހައްޔަރުކުރި މުހައްމަދު އިސްމާއީލާއި ތަކާނޭ ދޫކޮށްލުމަށް ވެސް ގޮވާލާފައި ވެއެވެ.

ޕީޕީއެމް އޮފީސް ކައިރިއަށް އެއްވި މީހުން މަޖީދީމަގުން ކުރިއަށް އައިސް އަލިކިލެގެފާނު މަގުން މުލީއާގެއާއި ދިމާއަށް މިސްރާބު ޖެހުމުން އަލިިކިލެގެފާނު މަގުން ކުޑަތަންކޮޅަކަށް ކުރިއަށް ދިޔަ ތަނުން އެސްއޯ ފުލުހުން ވަނީ އެ ހަރާކާތް ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފައެވެ. ފުލުހުން ވަނީ އެ ހަރާކާތުގެ ތެެރެއިން ބައެއް މީހުން ހައްޔަރުކޮށްފައެވެ.

އިންޑިޔާ އައުޓް ހިނގާލުމުގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅައި، ޕެޕަސްޕްރޭ ޖަހައި ބާރުގެ ބޭނުންކުރުމުގެ ސަބަބުން ދެއަންހެނަކަށް އަނިޔާވެގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައި އެހަރާކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގަވާފައެވެ. "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން