1971 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު އާނަންދު، އަލުން ކުޅެ ރިލީޒް ކުރަން ނިންމައިފިއެވެ.

މިފިލްމުގެ ރީމޭކް ހަދަނީ އޮރިޖިނަލް ފިލްމުގެ ޕްރޮޑިއުސަރ، އެން ސީ ސިއްޕީގެ ކާފަ ދަރިފުޅު ސަމީރް ރާޖް ސިއްޕީ އަދި ވިކްރަމް ކައްކާރެވެ. އެގޮތުން މިހާރު ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފިލްމުގެ ޑިރެކްޓް ކުރާނެ ފަރާތެއް ހަމަޖެހުމުން ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ފެށުމަށް ކުރަން ޖެހޭ ކަންކަން ފަށާނެކަމަށް ސަމީރް ހާމަކޮށްފައިވެއެވެ.

އަދި އެހާތަނަށް ފިލްމުން ފެނިގެންދާނީ ކޮން ތަރިންނެއްކަން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތްވެސް ކުރެވެމުން ދާނެކަމަށްވެއެވެ.

1971 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ބޮލީވުޑްގެ ރަންތަރިން ކަމުގައި ފާހަގަ ކުރާ، އަމީތާބް ބައްޗަން އަދި ރާޖޭޝް ކަންނާއެވެ. މިފިލްމަށް ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިޔައިރު، މިފިލްމަށް އެތައް އެވޯޑެއްވެސް ލިބިފައިވެއެވެ.

މިފިލްމުގެ ރީމޭކް ހެދުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފިލްމު ޕްރޮޑިއުސަރ ސަމީރް ބުނީ ކުރީގެ މަގުބޫލު ފިލްމެއް ރީމޭކްކޮށް މިހާރުގެ ޖީލަށް އަމާޒުކޮށް ރިލީޒް ކުރުމަކީ މުހިންމުކަމެއްކަމަށް ދެކޭކަމަށާއި، އަދި ރަންޒަމާނުގެ ރީތި ވާހަކަ ތައް މިހާރުގެ ޖީލަށް މޮޑަރނައިޒްކޮށް ގެނެސް ދޭންވާނީ އޮރިޖިނަލް ފިލްމަށް އޮތް ލޯތްބާއި އިހުތިރާމުގެ އަގު ނުވެއްޓޭނެ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން