ބިން ހިއްކުމަށް އެމްޓީސީސީއަށް 2 ޑްރެޖަރ ޖުލައިމަހު ގެންނާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާއަށްފަހު ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އާޒިމް ވިދާޅުވީ ކުންފުނީގެ އަމާޒުހުރީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުންޏަކަށް ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި އެމްޓީސީސީ ހެދުމަށް ކަމަށެވެ. އަދި ވިޔަފާރި ފުޅާކުރުމަށް އިތުރު ވިޔަފާރިތަކަށް ވަނުމަކީ ވެސް އަމާޒެއްކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަފުޅުގައި ކުންފުނީގައި ބޭނުންކުރާ އާލާތްތައްވެސް އާކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ ޖުލައިމަހު ބިން ހިއްކުމުގެ މަސައްކަތަށް އިތުރު 2 ޑްރެޖަރު ގެންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.
"އައު 2 ޑްރެޖަރ ޖުލައި މަސްތެރޭގައި އަޅުގަނޑުމެންނާ ޖޮއިން ކުރާނެ. އެއާއިއެކު ހިއްކުމުގެ މަސައްކަތްތައް އަވަސްވެ ހަލުވި ވެގެންދާނެ" އާޒިމް ވިދާޅުވިއެވެ.
އައު ޑްރެޖަރުތައް ގެންނަ ވާހަކަ މިދިޔަ މާޗުމަހު އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް މިހާރު އެމްޓީސީސީން ގެންގުޅޭ މަހާޖައްރާފަށް ވުރެ ބޮޑު ޑްރެޖަރެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު