ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ގެ ދަށުން، ކޮންކްރީޓް ގާ އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކާޑެއްދޫ ބަނދަރުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ޖައްސަން ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީއިން މައުލޫމާތުދެއެވެ.
ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަރު ޕޭވްމެންޓް ހެދުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއުއަކީ 9.52 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ އެއާޕޯޓްގެ ޖެޓީ ވަރަށް ބޮޑަށް ހަލާކުވެ އެ ޖެޓީ ވެއްޓުމާއި ގުޅިގެންނެވެ.

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ޖައްސަން ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް. pic.twitter.com/HVeeMinm4F
— MTCC Plc (@MTCCPlc) May 22, 2022
ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަރު ޕޭވްމެންޓް ހެދުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއުއަކީ 9.52 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ އެއާޕޯޓްގެ ޖެޓީ ވަރަށް ބޮޑަށް ހަލާކުވެ އެ ޖެޓީ ވެއްޓުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު