ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަމަހު ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރަތަފަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ މަޝްރޫޢެއްކަމަށެވެ.

އާޒިމް ވިދާޅުވީ މި މަސައްކަތް ފަށަން ނިންމާފައިވާ ތާރީޚު ޖޫން އަދި ޖުލައިގެ ކޮޅިގަނޑާ ދިމާވި ނަމަވެސް އެ ރަށުގެ ރަށްގިރުމުގެ މަޝްރޫއު މިއަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން އަންނަމަހު އެ މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާކަން އާޒިމް ފާހަގަކުރެއްވިއެވެ.

ރަތަފަންދޫ ކައުންސިލުން ފާހަގަ ކުރާގޮތުގައި ރަށް ގިރުމުގެ މައްސަލައަކީ އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. އަދި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުއާއެކު ރަށްޔިތުން ކުރި ދިގު އިންތިޒާރަށް ނިމުން އަންނާނެކަމަށް ކައުސިލުން ފާހަގަކުރެއެވެ.

ރަތަފަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެއެވެ. ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫއަކީ 27.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަސައްކަތް ފެށުމަށް މިހާރު އީއައިއޭ މަސައްކަތް ނިންމާ މޮބަލައިޒްކުރަން ވަނީ ތައްޔާރުވެފައެވެ. އަދި 210 ދުވަސް ތެރޭ މިމަސައްކަތް ނިންމަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން