ކުޅުދުއްފުށި ސިޓީގައި ފުޓުބޯޅަ ކުޅެންހުރި މީހަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ކުޅުދުއްފުށީ ސިޓީގައި ފުޓުބޯޅަ ކުޅެން ހުއްޓައި ވެއްޓިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އެ ސިޓީއަށް ނިސްބަތްވާ މުޙައްމަދު ޙަސަނެވެ. އޭނާ އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުން ދިޔަ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާތާ ގިނަ ދުވަސްވީ މުވައްޒަފެކެވެ.
އޭނާ ވެއްޓުނީ އޭނާ ހުރި ގޯލަށް އަމާޒްވި ބޯޅައެއް ދިފާއު ކުރުމަށްފަހު ހަމަ ކުއްލިއަކަށް ކަމަށްވެއެވެ. އަދި އެވަގުތު ދަނޑުމަތީގައިވެސް އޭނާއަށް ސީޕީއާރު ދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މި ޙާދިސާއާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު