ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ޚުލާސާ ބަޔާން އިއްވުމަށް 4 ޖޫން ވާ ހޮނިހިރު ދުވަހު މައްސަލަ އަލުން ތާވަލު ކުރެއްވުމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ޤާޟީ އިސްމާއިލް ޝަފީއު ނިންމަވައިފިއެވެ.
އުމުރުން 29 އަހަރުގެ ޒިޔަދަމް މަރާލާފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ. އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން 24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް 29 ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކޮށްފައިއޮތީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެކެވެ. ނަމަވެސް އަޑުއެހުން ފެށުމާއެކު، ދައުވާލިބޭ މުޙައްމަދު ޝަނޫން ބުނެފައިވަނީ އޭނާ ބޭރަށް ހިންގައި، ބޮލުގައި އާދަޔާ ޚިލާފަށް ރިއްސާތީ ޝަރީއަތުގައި އިންނަން ދަތިިކަމަށެވެ. ޝަނޫންގެ ވާހަކަތަކާ ގުޅިގެން މައްސަލާގައި ދެން ދަޢުވާ ލިބޭ އަލީ ސިފާމްގެ ވަކީލު އަހުމަދު ޔާމީން ވަނީ ދައުލަތުގެ ޚުލާސާ ބަޔާނުގެ ބާކީ ބަޔާއި، ސިފާމްގެ ބައި ވަކިން ކުރިއަށް ގެންދެވުމަށް އެދިފައެވެ.
ނަމަވެސް ދައުލަތުން މިއަދު ބުނެފައިވަނީ، މި މައްސަލައިގައި މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޚުލާސާ ބަޔާން އިއްވުމަށް މަސައްކަތް ކުރަމުންދާއިރު، މައްސަލަ ދިގުލައިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މައްސަލާގައި ދަޢުވާލިބޭ ދެމީހުންގެ މައްޗަށްވެސް ޚުލާސާ ބަޔާން އިއްވަނީ އެކުއެކީގައި ކަމަށާއި އެހެންކަމުން މައްސަލަ ވަކިވަކިން ކުރިއަށް ގެންދިއުމަށް ބޭނުންނުވާ ކަމަށެވެ.
އެކަމާގުޅިގެން ޤާޟީ އިސްމާއިލް ޝަފީއު ވިދާޅުވީ، މިއީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށާއި، މައްސަލަ ކެންސަލް ކޮށްފިނަމަ ގިނަ ވަގުތުތަކެއް ބޭކާރުވެގެންދާ ކަމަށެވެ. އަދި މިމައްސަލަ ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާކަންވެސް ޤާޟީ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި މައްސަލައިގައި ދެފަރާތަށް ހަމަހަމަ ފުރުސަތުތައް ދިނުމަށްޓަކައި ޤާނޫނީ ނުކުތާތައް ދެފަރާތުން ފާހަގަކުރުން އެކުގައި ކުރިއަށް ގެންދަން ބޭނުންފުޅުވާކަމަށް ޤާޟީ ވިދާޅުވިއެވެ.
އެހެންކަމުން މައްސަލައިގައި ޚުލާސާ ބަޔާން އިއްވުމަށް 4 ޖޫން ވާ ހޮނިހިރު ދުވަހު މައްސަލަ އަލުން ތާވަލު ކުރަށްވާނެކަމަށް ވިދާޅުވެ ޤާޟީވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފައެވެ.
ޒިޔަދަމްގެ މަރާ ގުޅިގެން ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައި ވަނީ 2015 މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އަދި އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.
މަރުގެ ދައުވާގެ އިތުރުން އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ހަމަ އެރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ އެވެ. އަދި މާރާމާރީ ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި ޝަނޫން އޭނާ އަށް ހަމަލާދީފައިވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު