ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތީގެ ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށް ފުޑް ސްޓޯލްތަކެއް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
އެޗްޑީސީން ބުނީ، އެ ސަރަހައްދުގައި ސްޓޯލްތަކެއް ގާއިމްކުރުމުގެ މަގުސަދަކީ، ސިއްހީ ގޮތުން ރައްކާތެރި، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެމަތިން އެފަދަ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެ ސަރަހައްދުގައި 8 ގާޑިޔާ ބެހެއްޓުމަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށާއި މި ގާޑިޔާތައް ފަރުމާކުރެވިފައި ހުންނާނީ އެޗްޕީއޭގެ އުސޫލުތަކާއި ގަވައިދުތަކަށް ފެތޭގޮތަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފުޑް ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ މޮޑެލްއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަތަރު ފުޑް ސްޓޯލެއް ހާއްސަ ކުރާނީ ހެދިކާ ވިއްކުމަށެވެ. މި ހަތަރު ސްޓޯލަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނަށް ހެދިކާ ވިއްކަން މަގު ފަހިކޮށްދިނުމުގެ ގޮތުން ގާއިމްކުރާ ސްޓޯލްތަކެކެވެ. އަނެއް ހަތަރު ސްޓޯލްގައި ވިއްކާނީ ތައްޔާރީކާނާއާއި ލުއިބުއިންތަކެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަކީ ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގައި ސާފްތާހިރުކަން ވަރަށް މުހިންމު ކަމަށާއި މި ހުޅުވާލެވިގެންދާ ގާޑިޔާތަކުގެ ސަބަބުން މިކަމަށް ހެޔޮ ބަދަލެއް އަންނާނެނެ ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން ހާއްސަ ސަމާލުކަމެއް ދީގެން އެކަން މޮނިޓަރ ކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް ކުންފުނިން ދީފައި ވެއެވެ.
މީގެއިތުރުން، އެ ސަރަހައްދުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްނުދިނުމަށް އާންމުންގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރާކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު