މަޖީދިއްޔާ ސުކޫލްގެ ދަރިވަރުން ހުޅުމާލޭގައި 1927 ގަސް އިންދައިފިއެވެ.
މި ގަސްތައް އިންދާފައިވަނީ މަޖީދިއްޔާ ސުކޫލުގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެ ސްކޫލް ގުޅިގެން މިއަދު ހަވީރު ހުޅުމާލޭގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމްގައެވެ.
ހުޅުމާލެ ފެހި ކުރުމަށް ކުރާ މަސައްކަތާއި ވެސް ގުޅުވަގެން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި 1927 ގަސް ހުޅުމާލޭގައި އިންދާފައިވެއެވެ.
މި ޕްރޮގްރާމްގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެ ކުންފުނިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން ތިމާވެއްޓަށް ކުރެވޭ ގެއްލުން ކުޑަކޮށް މުޅި އަހަރަށް ބަހާލައިގެން އެކި ސްކޫލްތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކެމްޕޭންތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ މަސައްކަތެއް ފުރިހަމަވުމުގައި މުޖުތަމައުގެ ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އެޗްޑީސީން ފާހަގަ ކޮށްފައި ވެއެވެ.
މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާއި ގުޅުވައިގެން އެ ސްކޫލުން ދަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެގޮތުން ދާދިފަހުން ކުރިޔަށް ގެންދިޔަ މަޖީދީ ރަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު