މއ. އެދުރުގޭ ހަސަން ޝާހިދު މަރާލި މައްސަލާގައި ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމްގެ އިލްތިމާސް އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ ނަޒާހާގެ ބަޔާނާއި މެސެޖްތަކެއް ހިމެނޭ ތިން ސީޑީއެއް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އިލްތިމާސްގެ މި މަރުހަލާގައި އެތަކެތި ހެކީގެ ގޮތުގައި ހުށަހަޅަން ފުރުސަތު ދީގެން ނުވާނެ ކަމަށް ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ދަޢުލަތުގެ ވަކީލް ވިދާޅުވީ އެތަކެތި ހުށައެޅީ ނަޒާހާ އާއި ޝާހިދުގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތްކަން ފާހަގަކޮށްދިނުމަށްކަމަށެވެ. އެގޮތުން ދަރިފުޅާއެކު ނަޒާހާ ތަންތަނަށް ގެންގޮސް އޭނާ ބޭނުންވާ ތަކެތި ގަނެދިނުމަށް އެދެމުންދިޔަކަމަށާއި ޙަޤީޤަތުގައި ދެމީހުންގެ ދޭތެރޭގައި ޖެހުނީ ދަރިފުޅުގެ މައްސައެއް ކަމަށް ދަޢުލަތުން ފާހަގަކުރެއްވިއެވެ.
ނަޒާހާގެ ފަރާތުން ނަގާފައިވާ އަމިއްލަ ނަފްސު ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާކަމުގެ ދިފާޢަށް ދަޢުލަތުން މިއަދު ވަނީ ދެކޮޅުހަދާފައެވެ. އެގޮތުން އެކަން ނަފީކުރުމުގެ ގޮތުން ދައުލަތުގެ ވަކީލް މިއަދު ވިދާޅުވީ މައްސަލާގައި ހެކިބަސް ދީފައިވާ މީހުންގެ ހެކި ބަހުން ވެސް ނަޒާހާއަކީ ހިތްހަމަނުޖެހޭ ފަހަރުތަކުގައި ސްކޫލް ދައުރުން ފެށިގެން ވެސް ކަޓަރު އެޅުން ފަދަ ކަންކަމުން އަމިއްލަ ނަފުސަށް އަނިޔާދޭ މީހެއްކަން އެނގޭ ކަމެވެ.
އޭގެއިތުރުން ނަޒާހާގެ ނިޔަތަކީ ޝާހިދު މަރާލުން ނޫންކަމަށް ބުނެ ނަގާފައިވާ ދިފާޢަށްވެސް ދަޢުލަތުން މިއަދު ރައްދު ދިނެވެ. ދަޢުލަތުގެ ވަކީލް ވިދާޅުވީ ނަޒާހާ ވަނީ ކްރައިމް ސީން ސާފުކުރުމަށް މަސައްކަތް ކޮށްފައިކަމަށެވެ. ޝާހިދަށް ޙަމަލާދިންކަން ނަޒާހާ ފުލުހަށް އެންގީ ކްރައިމް ސީން ނައްތާލަން މަސައްކަތް ކުރުމަށްފަހު ކަމަށް ދަޢުލަތުގެ ވަކީލް ވިދާޅުވިއެވެ.
ދަޢުލަތުގެ ވަކީލް ވިދާޅުވީ ފުލުހުން ދިޔައިރު ވަޅި ވެސް އޮތީ ކޮތަޅަކަށް ލާފައި ކަމަށާއި، ލޭ ހޭކިފައި ހުރި ބެޑްޝީޓެއް ކޮތަޅަކަށް ލާފައި އޮއްވާ ފެނުނު އިރު، އެކަމާ ގުޅިގެން ތަހުގީގުގައި ސުވާލުކުރުމުން ނަޒާހާ ބުނީ އެއީ އޭނާ ޕީރިއަޑްވެގެން ހޭކިފައި ހުރި ލޭ ކަމަށެވެ. ނަމަވެސް ޑީއެންއޭ ރިޕޯޓުން އެނގޭ ގޮތުގައި، ބެޑްޝީޓުގައި ހުރީ ޝާހިދުގެ ލޭކަމަށާއި އެކަމުންވެސް ނަޒާޙާގެ ނުނިޔަތެއް އޮތްކަން ސާފުވާކަމަށް ދަޢުލަތުގެ ވަކީލް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ދިފާޢީ ވަކީލް ނިހާޔަތު ވިދާޅުވީ ނަޒާހާ ޝާހިދަށް ހަމަލާދިނީ ފެށުނީންސުރެ ޝާހިދުގެ ފަރާތުން އޭނާއަށް ލިބެމުންދިޔަ ގެވެށި އަނިޔާއާއި ޖިންސީ އަނިޔާތަކުގެ ސަބަބުން ކޮށްފައިވާ އަސަރުގެ ސަބަބުން ކަމަށެވެ. އަދި އެއީ ގަސްދުގައި ނަޒާހާ ޝާހިދަށްދިން ހަމަލާއެއް ނޫން ކަމަށް ދިފާއުގައި ވަނީ ބުނެފައެވެ. އެގޮތުން ވަޅިއަކުން ޝާހިދަށް ހަމަލާ ދެވުނީ ބޭއިހްތިޔާރުގައިކަމަށް ނަޒާހާގެ ވަކީލް ވަނީ ވިދާޅުވެފައެވެ.
ދައުލަތުން މި މައްސަލާގައި ވަކިކަންތައްތަކެއް ދޭހަކޮށްގެން ޝަރީއަތަށް ކިޔައިދޭން މަސައްކަތް ކުރާތީ ނަޒާހާގެ ވަކީލް ނިހާޔަތު މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ދަށުކޯޓުގެ މަރުހަލާގައި ނުދައްކާ އައު ވާހަކަތަކެއް ދައްކައި އައު ހެކިތަކެއް ސުޕްރީމްކޯޓުގެ މަރުޙަލާގައި ހުށައެޅުމުގެ ފުރުސަތު ދެވިގެން ނުވާނެކަން ނިހާޔަތު ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލާގައި ހުށަހަޅާފައިވާ ތަކެތި ބަލައިގަތުމާމެދު ފަނޑިޔާރުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ޝާހިދުގެ ބުރަކައްޓަށް ހަމަލާދިން އިރު އޭގެ ނަތީޖާއަކީ ކޮބައިކަން އެނގޭތޯ އާއި ހަމަލާދިނީ ބުރަކައްޓައްކަން އެނގޭތޯ އުއްތަމަ ފަނޑިޔާރު ނަޒާހާއަށް ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެމުން ނަޒާހާ ބުނީ ހަމަލާ ދެވުނު ތަނެއް ފުރަތަމަ ނޭނގޭ ކަމާއި އޭނާ މަސައްކަތް ކުރީ އަވަހަށް އެތަނުން ދިޔުމަށް ކަމަށެވެ. ނަޒާހާގެ ވަކީލް ނިހާޔަތު ވިދާޅުވީ އަނިޔާއެއް ދިނުމުން އަނިޔާވުމަކީ އޭގެ ނަތީޖާކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި ނަމަވެސް ނަޒާހާ އެ ހަމަލާދިނީ ވަކި ނަތީޖާއެއް ނެރެން ނޫން ކަމަށެވެ.
ދައުލަތުން މިއަދު ވަނީ ނަޒާހާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވަނީ ރަނގަޅަށް ކަމާއި އެ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުގައި އެދިފައެވެ. ނަމަވެސް ނަޒާހާގެ ފަރާތުން ވަނީ އޭނާ ފާހަގަކުރި ދިފާއުތަކަށް ރިއާޔަތްކޮށް އޭނާއަށް އާ ގާނޫނުލްއުގޫބާތުގެ ދަށުން ލުއި އަދަބެއް ލިބެންޖެހޭނެކަން ފާހަގަކޮށްފަ އެވެ. އަދި ހުކުމް ބާތިލްކޮށްދޭން ނަޒާހާގެ ފަރާތުން އެދިފައިވެއެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުލާސާގޮތެއްގައި ދެ ފަރާތުން ވާހަކަދެއްކުމެވެ. ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
ޖޫން 2010ގައި ޝާހިދު މަރުވީ އޭނާގެ ބުރަކައްޓަށް ވަޅިއެއް ބޭނުންކޮށްގެން ނަޒާހާ ދިން ޙަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެ، ނަޒާހާ 25 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކުރީ 2011 ގައެވެ.
ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާހިދުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައި ވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ ތައުޒީރީ އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ޖަލު ޙުކުމެކެވެ.
އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައިކޯޓުން ނަޒާހާގެ މައްސަލަ ނިންމީ މޭ 31، 2015 ގައެވެ. ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރަން ހުށަހެޅީ އޭގެ ހަ އަހަރު ފަހުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމްކޯޓުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު