ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ލީޑަރޝިފްޓް ޕްރޮގްރާމެއް ފަށައިފިއެވެ.

ލީޑާޝިފްޓް ސީރީސްގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ މަގްސަދަކީ މުސްތަޤްބަލުގައި މުވައްޒަފުން ކުންފުނީގެ ލީޑަރުންނަށް ވުމަށް ބާރުއަޅައި އެކަމަށް ތަމްރީން ކޮށްދިނުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، ޕްރޮގްރާމަށް ތައްޔާރުވުމަށްޓަކައި އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުންނާއިއެކު ފޯކަސް ގްރޫޕް ޑިސްކަޝަންތައް ކުރިއަށް ގެންގޮސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ލީޑަރުންގެ ފަރާތުން ކުރެވޭ އުއްމީދުތައް ދެނެގަނެފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ފޯކަސް އޭރިއާތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ ޚިޔާލަށް ބިނާކޮށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



މި ތަމްރީން ސީރީސް ކުރިޔަށް ގެންދަނީ އެޑިއުޓްރެކް އިންސްޓިޓިއުޓާއި ގުޅިގެންނެވެ. އެޗްޑީސީއިން ބުނީ އެ ޕްރޮގްރާމްގައި 120 މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށްގެންދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

މިޕްރޮގްރާމްގެ ސަބަބުން އެޗްޑީސީގެ އިސްމަގާމުތަކުގައި ތިބި ލީޑަރުންނަށް އިތުރު ތަމްރީނުލިބި ކުންފުނިން ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން