އިންޑިއާގައި ފުރަތަމަ ފަހަރަށް އަންހެނަކު އަމިއްލަ ނަފްސާ ކައިވެނި ކުރަން ނިންމައިފިއެވެ.

އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ޝާމާ ބިންދޫ މިފަދަ ނިންމުމެއް ނިންމާފައިވަނީ އެހެން މީހަކާ އިންނަން ބޭނުން ނުވިޔަސް ކައިވެނި ހެދުން އަޅައި ބްރައިޑަކަށް ވާހިތްވާތީކަމަށް ހާމަކޮށްފައިވެއެވެ. އެގޮތުން އެހެން ކައިވެނިތަކެކޭ އެއްފަދައިން އަމިއްލަ ނަފްސާ ކައިވެނި ކޮށް ހަނީ މޫނަށް ދިއުމަށްވެސް ނިންމާފައިވާކަމަށް ޝާމާ ބުނެފައިވެއެވެ.

އަދި މިއީ އިންޑިއާގައި އަމިއްލަ ނަފްސާ މީހަކު ކައިވެނިކުރާ ފުރަތަމަ ފަހަރުކަމަށްވެސް ޝާމާ ބުނެފައިވެއެވެ.

"އަހަރެން ބެލިން އިންޑިއާގައި މިފަދަ ކައިވެންޏެއް ކުރިން ކޮށްފައިވޭތޯ. އެފަދަ މައުލޫމާތެއް ނުލިބުނު. އެހެން ވީމާ މިއީ އިންޑިއާގައި މިފަދަ ކައިވެންޏެއް ކުރާ ފުރަތަމަ ފަހަރު." ޝާމާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ޝާމާ ކައިވެނި ކުރަން ހަމަޖެހިފައިވަނީ މިމަހުއެވެ. އަދި މިކަމާ އޭނާގެ އާއިލާއިން ދެކޮޅުހަދާކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


0

ރީތި މޫސަ

06-Jun-2022

މިފަދަ ބޭކާރު އަދި އަދަބާޚިލާފް ވާހަކަތައް ލިޔުން ހުއްޓާލާ މިމުޖުތަމައަށް ފައިދާހުރި ވާހަކަތައް ލިޔުން އާދަކުރަމާތޯ ރިވެތި އަޚްލާޤް އާލާވާނީ ރިވެތި މިސާލުން


4

ސ

06-Jun-2022

ތިކަހަލަ ކަމެއް ވިއްޔާ އަވަހަށް އިޟްތިހާރު ކުރާނެ


3

އަހުމަދު

06-Jun-2022

ކޮބާ މީޑިއާ ކޮމިށަން


6

ހަސަން

06-Jun-2022

ރޮދި ނޫސް


5

މަގޭ ތިއްތިގެ އިހުސާސް

06-Jun-2022

ތިއްތި ބުނީ ވިލް ޔޫ މެރީމީ އޯ. ތިއްތިގެ ފޭސްބުކް އައިޑީ އަކީ (ތިއްތި ތިއްތި). ފޮޓޯ ވެސް އިންނާނެ މުށި ކުލާގެ ކޯނެއް އަޅާގެން ވަރަށް ހޭންސަމް ވާނެ . ހިތް ހެޔޮވެފަ ހިތްވަރު ގަދަވާނެ.ތިއްތި ބޭނުން ވަނީ މާޝާ މިދޫ


12

މަ

06-Jun-2022

ލިޔާނެ އިތުރު އެއްޗެއް ނޭނގުނީ


9

ނޫރު

06-Jun-2022

ލިޔާނެ އެއްވެސް އެއްޗެއް ނެތިގެންތަ ތިއުޅެނީ


6

ސާމް

06-Jun-2022

މިވެސް ޚަބަރެއް. ލިޔާނެ އެއްޗެއް ނެތީތަ???


-5

މުހައްމަދު

06-Jun-2022

ލިޔާނެއެއްޔެއްނެތިއްޔާނުލިޔެތިބެ ބަލަ ކަލޭގޭބޭނުމަކީ ރާއްޖޭގަވެސް އެކަލަކަންތަށްކުރުވުމަށް އިޝްތިހާރުކުރުންދޯ


5

ކެއުން

06-Jun-2022

އިސްލާމްދީންހުއްދަނުކުރާ އެއްޗެހިނުލިޔެބަލަ މާދަމާތިމާމެންނާއިސުވާލުވެވޭނެކަންހަދާކޮށްބަލަ


4

ކެއުން

06-Jun-2022

އިސްލާމްދީންހުއްދަނުކުރާ އެއްޗެހިނުލިޔެބަލަ މާދަމާތިމާމެންނާއިސުވާލުވެވޭނެކަންހަދާކޮށްބަލަ


12

ޢަލިފުޅު

06-Jun-2022

މިހަބަރު ލިޔުމުގެ ބޭނުމަކީ ކޮބާ?


4

އިންޑިޔާ

06-Jun-2022

ކޮބާ ހީވޭ ކަމެއްހެން. ބޯހަމަޖެހޭ އެކަކުވެސް ނެތި އޭ. ފެން މިއުޅެނީ ރާއްޖެއަށް މިވަރުގެ ނަމޫނާ ބައެއް ނުފެނިގެން. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.


3

ޝ

06-Jun-2022

ދެރަކަމެންނު😡 މުސްލިމް ގައުމަކަށް ތިޔަފާޑުގެ ހަބަރެއް މުހިންމެއް ނޫނޭ،،، ލިޔާނެ އެއްޗެއް ނޭންގިގެން ނޫސް ހިންގެން ނެތިއްޔާ ހުއްޓާލަބަލަ،،،އެހެންނޫނީ ދީނީ އެއްޗެހި ލިޔެބަލަ.


10

ހިޔަލަ

03-Jun-2022

އިސްލާމްދީންހުއްދަނުކުރާ އެއްޗެހިނުލިޔެބަލަ



ޓްރެންޑިން