ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރި ކާރްތިކް އާރިޔަން އެންމެ ބޭނުންވަނީ ހޮލީވުޑް ފިލްމެއްގައި ސުޕަރ ހީރޯއެއްގެ ރޯލު ކުޅެލަންކަމަށް ބުނެފިއެވެ.
ހޮލީވުޑްގެ ފިލްމެއް ކުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން ކާރްތިން ބުނީ އޭނާ ކުޅެން ބޭނުންވަނީ ކޮންމެ ކޮންމެ ސުޕަރހީރޯއެއްގެ ރޯލު ނޫން ކަމަށާއި، މާވެލްގެ ސުޕަރ ހީރޯއެއްގެ ރޯލު ކަމަށެެވެ. އޭނާ ބުނީ މިފަދަ ހިޔާލެއް ކުރެވުނީ މާވެލް ސްޓޫޑިއޯޒްގެ އިނގިރޭސި ފިލްމު ޑރ. ސްޓްރޭންޖް ބެލުމަށްފަހުގައި ކަމަށެވެ.
"ވަރަށް ފަހަކުން ތިއޭޓަރުގައި ޑރ. ސްޓްރޭންޖް ފިލްމު ބަލާލުމަށް ފުރުސަތު ލިބުނު. އެ ފިލްމު ބެލުމައްފަހު ޔަގީންވު ދެން އެންމެ ބޭނުންވަނީ މާވެލްގެ ކެރެކްޓަރ އެއް ކުޅެލަންކަން." ކާރްތިން ބުންޏެވެ.
ބޮލީވުޑްގެ ކާމިޔާބު އެތައް ތަރިންނެއް ހޮލީވުޑްގެ ފިލްމުތަކުން ފެނިގެންދާއިރު، ބޮލީވުޑްގައި މިހާރު އެންމެ ކުރިއަރަމުންދާ އެއް ތަރި، ކާރްތިކް އާރިޔަންގެ އަމާޒަކީވެސް ހޮލީވުޑްގެ ފިލްމަކުން ފެނިލުމަށެވެ.
މީގެއިތުރުން ކާރްތިކް އާރްޔަން އެންމެ ފަހުން ފެނިގެންދިޔަ ހިންދީ ފިލްމު "ބޫލް ބުލައްޔާ 2" ކަށްވެސް ދަނީ ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ. ހުސްވި މެއި މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރި މިފިލްމަށް ބޮކްސް އޮފީހުން 200 ކަރޯޑް ރުޕީޒްގެ ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެއެވެ. މިފިލްމުގައި ކާރްތިކް އާއެކު ދެން ފެނިގެން ދަނީ ތާބޫ އަދި ކިއާރާ އަދްވާނީއެވެ.

ކިޔުންތެރިންގެ ހިޔާލު